އެމްޑީޕީގެ އާއްމު ޖަލްސާއެއް މާދަމާ ރޭ ކާނިވަލް ސަރަހައްދުގައި އޮންނާނެ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)ގެ އާއްމު ޖަލްސާއެއް 22 ސެޕްޓެމްބަރ 2014 ވާ ހޯމަ ދުވަހުގެ ރޭ (މާދަމާ ރޭ) ކާނިވަލް ސަރަހައްދުގައި އޮންނާނެއެވެ. މި ޖަލްސާގައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި ޗެއަރޕާސަން އަލީ ވަހީދުގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ އިސްވެރިންނާއި ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އެމްޑީޕީގެ މެމްބަރުންނާއި ޕާޓީއަށް ތާޢީދުކުރައްވާ އެންމެހާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ދައުވަތު އަރުވައެވެ.