އެމް ޑީ ޕީގެ އާންމު ޖަލްސާއެއް މިމަހު 18 ވަނަދުވަހުގެރޭ އޮންނާނެ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް ޑީ ޕީ) ގެ އާންމު ޖަލްސާއެއް 18 ސެޕްޓެމްބަރު 2014 ވާ ބުރާސްފަތިދުވަހުގެރޭ ކާނިވާސަރަހައްދުގައި އޮންނާނެއެވެ.
މިޖަލްސާގައި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު އާއި ޗެއަރޕާސަން އަލީވަޙިދުގެ އިތުރުން ލީޑަރޝިޕްގެ ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.
އެމް ޑީޕީގެ މެންބަރުންނާއި ތާއީދުކުރައްވާ ހުރިހާބޭފުޅުންނަށް މިޖަލްސާއަށް ދައުވަތުއަރުވަމެވެ.