އެމް.ޑީ.ޕީ ލީޑަރޝިޕް އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް މަރުޙަބާ ދެންނެވުން

noosbayan

އިއްޔެ ބޭއްވުނު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ލީޑަރޝިޕް ގެ އިންތިޚާބުގައި މި ޕާރޓީގެ ރައީސްކަމަށް ރައީސް މުޙައްމަދު ނަޝީދު، ޗެއަރ ޕާރސަންކަމަށް ޢަލީ ވަޙީދު، ނައިބް ރައީސްކަމަށް މުޙައްމަދު ޝިފާޒު އަދި ޗެއަރ ޕާރސަންގެ ނައިބް (މާލީ) ކަމަށް ޢަލީ ނިޔާޒު އިންތިޚާބުވެވަޑައިގެންފައިވާތީ އެބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު މަރުޙަބާ ދަންނަވަމެވެ.

މި އިންތިޚާބުގައި ފާހަގަކުރެވޭ މިންވަރަކަށް މި ޕާރޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވޯޓުލުމަށް ޙާޞިރުވެ، ވޯޓު ލާފައިވާކަމުން އަންގައިދެނީ އެމް.ޑީ.ޕީ އަކީ ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ މަޤުބޫލު ސިޔާސީ ޕާރޓީކަމާއި، ރާއްޖޭގެ ވެރިކަމަށް އައުމަށް ރާއްޖޭގެ ރައްޔިތުން އެންމެ އެދޭ ސިޔާސީ ޕާރޓީކަމެވެ.

އަލަށް އިންތިޚާބުކުރެވުނު އެމް.ޑީ.ޕީ ލީޑަރޝިޕާއެކު މި ޕާރޓީއަށާއި އަދި މުޅި ޤައުމަށް އިތުރު ކުރިއެރުންތަކާއި ތަރައްޤީ، މާތް ﷲ ގެ ރަޙުމަތްފުޅާއެކު ލިބިގެންދާނޭކަމަށް ޔަޤީންކުރަމެވެ.

30 އޯގަސްޓް 2014
ބަޔާންނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް