އެމްޑީޕީގެ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އަދި ޗެއަރޕަރސަންގެ ނައިބު (މާލީ) ގެ އިންތިޚާބް 2014

މިޕާޓީގެ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އަދި ޗެއަރޕަރސަންގެ ނައިބު (މާލީ) ގެ އިންތިޚާބް 29 އޯގަސްޓް 2014 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ވޯޓުލުން އޮންނާނީ މާލޭ ސިޓީ ހޯލްގައި އަދި ރަށްރަށުގެ ހަރުގެތަކުގައި ހަވީރު 4.00 ން ރޭގަނޑު 8.00 އަށެވެ.

މިއިންތިޚާބްތަކުގައި ވީހާވެސް ގިނަ ޕާޓީގެ މެންބަރުން ބައިވެރިވެވަޑައިން، ވޯޓު ދެއްވުމަށް މިޕާޓީން އެދެމެވެ.

26 އޯގަސްޓް 2014