ސްޕެޝަލް އިކޮނޮމިކް ޒޯންގެ ބިލަށް އެމް.ޑީ.ޕީ އިން ހުށައަޅާ ބައެއް އިސްލާހުތައް

ބިލުގެ 21 ވަނަ މާއްދާ
ބިލުގައި މިހާރު އޮތް ގޮތް:
21 – ރާއްޖޭގައި ހިންގުމަށް މިޤާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން، ރާއްޖޭގައި އެއިން ކޮންމެ ވައްތަރަކުން ހިންގާނީ ކިތައް ޒޯނުކަން ކަނޑައަޅާނީ، ބޯޑުންނެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް:
21 – (ހ) ރާއްޖޭގައި ހިންގުމަށް މިޤާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން، ރާއްޖޭގައި އެއިން ކޮންމެ ވައްތަރަކުން ހިންގާނީ ކިތައް ޒޯނުކަމާއި، އެޒޯންތައް ގާއިމް ކުރެވޭނީ ކޮންކޮން ޖިއޮގްރެފިކް ސަރަހައްދުތަކެއްގައި ކަނޑައަޅާނީ، ބޯޑުގެ މަޝްވަރާގެ މަތިން މިނިސްޓަރު ހުށައަޅާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.
(ށ) މި މާއްދާގެ (ހ) ގެ ދަށުން ޒޯނުތަކުގެ އަދަދަށް ބަދަލެއް ގެންނަން ހުށައަޅާއިރު އެބަދަލެއްގެ ސަބަބުން ދިވެހި ރާއްޖޭގެ އިޤްތިސޯދަށާއި،ކުރިން ހުއްދަދެވިފައިވާ އެބާވަތެއްގެ ޒޯންތަކުގެ ވިޔަފާރިއަށް ކުރާނެ އަސަރު ބަޔާންކުރާ ތަފްސީލު ރިޕޯޓެއްމަޖިލީހަށް ހުށައަޅަން ވާނެއެވެ.

ބިލުގެ 22 ވަނަ މާއްދާގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް:
22 – (ހ) ދިވެހިރާއްޖޭގައި ގާއިމުކުރާ ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެކުޑަ މިންގަނޑަކީ ކޮބައިކަން، ބޯޑުގެ މަޝްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނުކުރަންވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
22 – (ހ) މަސްވެރިކަމާއި ޓޫރިޒަމާއި ވައިގެ ބަނދަރާއި ކަނޑުގެ ބަދަރު ފިޔަވައި، ދިވެހިރާއްޖޭގައި ގާއިމްކުރާ ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެކުޑަ މިންގަޑަކީ ކޮބައިކަން، ބޯޑުގެ މަޝްވަރާގެމަތިން، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން، އަހަރަކު އެއްފަހަރު ކަނޑައަޅައި އިޢުލާނުކުރަންވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :
22 – (ހ) ދިވެހިރާއްޖޭގައި ގާއިމުކުރާ ޒޯނެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިކަމާއި، އަދި އެއިން ޒޯނެއްގައި ހިމެނޭ ޖުމްލަ އިންވެސްޓްމަންޓްގެ އެންމެކުޑަ މިންގަންގަނޑު އެކަށައަޅާނީ ބޯޑުން ދޭ މަޝްވަރާއަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިންނެވެ.

ބިލުގެ 28 ވަނަ މާއްދާ ގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް:
އަރިމަތީ ސުރުޚީ “ޒޯން ސުޕްރިންޓެންޑެންޓް”
28 – (ހ) ކޮންމެ ޒޯނެއްގައި، ބޯޑުން ކަނޑައަޅާ ޒޯން ސުޕްރިންޓެންޑެންޓެއް ހުންނަންވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
28 ވަނަ މާއްދާގެ އަރިމަތީ ސުރުޚީ “ޒޯން ކަމިޝަނަރ އަދި ޒޯން ސުޕްރިންޓެންޑެންޓް”
28 – (ހ) ޒޯން ކަމިޝަނަރ ޢައްޔަނުކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ލަފަޔާއެކު ރައިސުލްޖުމްހޫރިއްޔާއެވެ. އަދި، ކޮންމެ ޒޯނެއްގައި، ބޯޑުން ކަނޑައަޅާ ޒޯން ސުޕްރިންޓެންޑެންޓެއް ހުންނަންވާނެއެވެ.

28 – (ށ) ޒޯން ކަމިޝަނަރުގެ މަސްއޫލިއްޔަތުތައް ތިރީގައި ބަޔާންކޮށްފައިއެވަނީއެވެ.
1. ޒޯން ގާއިމްކުރުމުގެ މަސައްކަތުގައި ނުވަތަ އިންވެސްޓްމަންޓް ގާއިމްކުރުމުގެ މަސައްކަތުގައި، ޑިވެލޮޕަރަށް ނުވަތަ އެ ޒޯނުގައި އިންވެސްޓްކުރާ އިންވެސްޓަރަށް މަގުދައްކައިދިނުން؛
2. ޑިވެލޮޕަރާއި ބޯޑާ ދެމެދު، ނުވަތަ ޑިވެލޮޕަރާއި ލޯކަލް ކައުންސިލާ ދެމެދު ކަންކަން ވިލަރެސްކޮށްދީ ހިނގައިދިނުން؛
3. ޒޯނުގައި އިންސްވެސްޓަރުންނާއި ބޯޑާއި ދެމެދު، ނުވަތަ ޒޯނުގެ އިންވެސްޓަރުންނާއި ލޯކަލް ކައުންސިލާ ދެމެދު ކަންކަން ވިލަރެސްކޮށްދީ ހިންގައިދިނުން؛
4. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތް ކުރިއަށްދާގޮތް މިނިޓަރކޮށް، ބޯޑަށް ހުށަހެޅުން؛
5. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތާ ގުޅޭގޮތުން ބޯޑުން ދޭ އިރުޝާދުތައް ތަންފީޒުކުރުން؛
6. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންނާ ދެމެދު އުފެދޭ ޚިޔާލު ތަފާތުވުންތައް ވާހަކަ ދައްކައިގެން ޚައްލުކޮށްދިނުން؛
7. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންނަށް ދީފައިވާ ޢިނާޔަތްތައް ބޭނުންކުރަމުންދާ ގޮތާއި ނިސްބަތާ ގުޅޭގޮތުން، ބޯޑަށް މަޢުލޫމާތު ދިނުމާއި ބޯޑަށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ހުށަހެޅުން؛ އަދި
8. ޑިވެލޮޕަރާއި އެ ޒޯނުގެ އިންވެސްޓަރުންގެ މަސައްކަތާ ގުޅޭގެުން ބޯޑުން ނިންމާ އެނޫންވެސް ކަންކަން ކުރުން.
ބިލުގެ 29 ވަނަ މާއްދާ ގެ (ނ)
ބިލުގައި މިހާރު އޮތް ގޮތް:
29 – (ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން، އުސޫލެއްގެގޮތުން ބޯޑަށް ޤަބޫލުކުރެވޭ ކަމަށްވާނަމަ، އެ ހުށަހެޅުމުގެ ތާރީޚުން ފެށިގެން 28 ދުވަހުގެތެރޭގައި، އިނީޝަލް ޕާރމިޓެއް ޑިވެލޮޕަރަށް ދޫކުރުން؛ އަދި، އެ އިނީޝަލް ޕާރމިޓްގެ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ތަފްޞީލު ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު، އެ ޑިވެލޮޕަރަށް ބޯޑުން ދިނުން؛

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް:
29 – (ނ) މި މާއްދާގެ (ހ) ގެ ދަށުން ހުށަހަޅާ ހުށަހެޅުން، އުސޫލެއްގެގޮތުން ބޯޑަށް ޤަބޫލުކުރެވޭ ކަމަށްވާނަމަ، އެ ހުށަހެޅުމުގެ ތާރީޚުން ފެށިގެން 28 ދުވަހުގެތެރޭގައި، އިނީޝަލް ޕާރމިޓެއް ޑިވެލޮޕަރަށް ދޫކުރުން؛
މި އިނީޝަލް ޕާރމިޓް ދޫކުރުމުގެ ކުރިން އެޒޯނަކީ މީހުންދިރި އުޅޭ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ރަށެއްގެ ބައެއް ނުވަތަ ސިޓީއެއްގެ ބައެއް ހިމެނޭގޮތަށް ކަނޑައެޅޭ ޒޯނެއްކަމަށް ވަންޔާ، އެރަށަކަށް ނުވަތަ ސިޓީއަކަށް ނިސްބަތްވާ ކައުންސިލަކާ ބޯޑުން މަޝްވަރާކޮށް އެކައުންސިލެއްގެ ރުހުން ހޯދަންވާނެއެވެ.
އަދި، އެ އިނީޝަލް ޕާރމިޓްގެ ތާރީޚުން ފެށިގެން 180 ދުވަހުގެ ތެރޭގައި، ތަފްޞީލު ލިޔުންތައް ހުށަހެޅުމުގެ ފުރުޞަތު، އެ ޑިވެލޮޕަރަށް ބޯޑުން ދިނުން؛

ބިލުގެ 30 ވަނަ މާއްދާ ގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް:
30 – (ހ) ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ، އެފަރާތަކުން، އެ ޒޯނެއް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ ޢަދަދަކީ، ރައީސުލްޖުމްހޫރިއްޔާ އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިޤްތިޞާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ ޢަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމައެވެ. އަދި، އެ ޢަދަދަށް ފައިސާ ޚަރަދުކުރެވިދާނެކަމުގެ ޤާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ ހެކި ބޯޑަށް ހުށަހެޅުމުންނެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް:
30 – (ހ) ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ، އެފަރާތަކުން، އެ ޒޯނެއް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ ޢަދަދަކީ، ރައްޔިތުންގެ މަޖިލީހުން އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިޤްތިޞާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ ޢަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމައެވެ. އަދި، އެ ޢަދަދަށް ފައިސާ ޚަރަދުކުރެވިދާނެކަމުގެ ޤާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ ހެކި ބޯޑަށް ހުށަހެޅުމުންނެވެ.

ބިލުގެ 30 ވަނަ މާއްދާ ގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް:
30 – (ހ) ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ، އެފަރާތަކުން، އެ ޒޯނެއް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ ޢަދަދަކީ، ރައީސުލްޖުމްހޫރިއްޔާ އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިޤްތިޞާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ ޢަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމައެވެ. އަދި، އެ ޢަދަދަށް ފައިސާ ޚަރަދުކުރެވިދާނެކަމުގެ ޤާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ ހެކި ބޯޑަށް ހުށަހެޅުމުންނެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
30 – (ހ) ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ، އެފަރާތަކުން، އެ ޒޯނެއް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ ޢަދަދަކީ، ރައްޔިތުންގެ މަޖިލީހުން އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިޤްތިޞާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ ޢަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމައެވެ. އަދި، އެ ޢަދަދަށް ފައިސާ ޚަރަދުކުރެވިދާނެކަމުގެ ޤާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ ހެކި ބޯޑަށް ހުށަހެޅުމުންނެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :
ޒޯނެއް ގާއިމުކުރަން ޑިވެލޮޕަރަށް، ޕާރމިޓެއް ދޫކުރަންވާނީ، އެފަރާތަކުން، އެ ޒޯނެއް ތަރައްޤީކުރުމަށް ކުރާ އިންވެސްޓްމަންޓްގެ ޢަދަދަކީ، ރައީސުލްޖުމްހޫރިއްޔާ އެ ޒޯނަކާ ގުޅޭގޮތުން ނުވަތަ އެ އިޤްތިޞާދީ މަސައްކަތަކާ ގުޅޭގޮތުން ކަނޑައަޅާފައިވާ އިންވެސްޓްމަންޓްގެ އެންމެކުޑަ ޢަދަދާ އެއްވަރުގެ ނުވަތަ އެއަށްވުރެ ބޮޑު ޢަދަދެއްކަމުގައިވާނަމައެވެ. އަދި، އެ ޢަދަދަށް ފައިސާ ޚަރަދުކުރެވިދާނެކަމުގެ ޤާބިލުކަން އެފަރާތަށް ލިބިގެންވާކަމުގެ އިތުބާރުހުރި ބޭންކް އެއްގެ ބޭންކް ގެރެންޓީ ބޯޑަށް ހުށަހެޅުމުންނެވެ.

ބިލުގެ 30 ވަނަ މާއްދާ ގެ (ށ)
ބިލުގައި މިހާރު އޮތް ގޮތް :
30 – (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަދަދަށް ވާސިލުވުމަށްޓަކައި ޑިވެލޮޕަރުގެ އެކަނި ނަމުގައި ހޯދާ ގެރެންޓީއެއް ނުވަތަ ޑިވެލޮޕަރާއެކު މަޝްރޫޢު ތަރައްޤީކުރުމަށް ބައިވެރިވާ އެހެންފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުވެގެން ހޯދާ ގެރެންޓީއެއް ބޯޑަށް ހުށަހެޅިދާނެއެވެ. އަދި، އެފަދަ ގެރެންޓީއެއް ބޯޑަށް ޤަބޫލުކުރެވިދާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
30 – (ށ) މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ޢަދަދަށް ވާސިލުވުމަށްޓަކައި ޑިވެލޮޕަރުގެ އެކަނި ނަމުގައި ހޯދާ ގެރެންޓީއެއް ނުވަތަ ޑިވެލޮޕަރާއެކު މަޝްރޫޢު ތަރައްޤީކުރުމަށް ބައިވެރިވާ އެހެންފަރާތެއް ނުވަތަ ފަރާތްތަކަކާ އެކުވެގެން ހޯދާ ގެރެންޓީއެއް ބޯޑަށް ހުށަހެޅިދާނެއެވެ. މިގޮތުން ހޯދާ ގެރެންޓީއަކީ އެޒޯނެއް ތަރައްޤީ ކުރުމަށް ރައިސުލްޖުމްހޫރިއްޔާ ކަނޑައަޅާފައިވާ އިންވެސްޓްމެންޓްގެ އެންމެ ކުޑަ އަދަދުގެ %75 އަަށްވުރެމަދުވެގެން ނުވާނެއެވެ. އަދި މީގެއިތުރުން ޒޯނުގައި ތަރައްޤީކުރުމަށް ކަނޑައެޅިފައިވާ މަޝްރޫއުގެ %10 އަށްވާ ފައިސާ ސަރުކާރުން ކަނޑައަޅާ އެކައުންޓަކަށް ޖަމާކުރަން ވާނެއެވެ. މިފައިސާއަކީ މަޝްރޫއުގެ %90 ނިމުމުން ޑިވެލޮޕަރަށް އަނބުރާ ދެވޭނެ ފައިސާއެވެ. މަޝްރޫއުގެ %90 ނިމުނުކަމުގައި ކަނޑައަޅާނީ ބޯޑުންނެވެ.

ބިލުގެ 31 ވަނަ މާއްދާ ގެ (ހ)

ބިލުގައި މިހާރު އޮތް ގޮތް :
31 – (ހ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ވަޒީފާގެ ފުރުޞަތު އުފެދޭނެ މިންވަރާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރެވޭނެ މިންވަރު؛

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
31 – (ހ) ހިންގަން ހުށަހަޅާ އިންވެސްޓްމަންޓްގެ ސަބަބުން ދިވެހިންނަށް ވަޒީފާގެ ފުރުޞަތު އުފެދޭނެ މިންވަރާއި، އިންސާނީ ވަސީލަތްތައް ތަރައްޤީކުރެވޭނެ މިންވަރު؛

ބިލުގެ 32 ވަނަ މާއްދާ ގެ (ހ)

ބިލުގައި މިހާރު އޮތް ގޮތް :
32 – (ހ) ޒޯނެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަކި ޒޯނެއް ކަޑައެޅުމުން، އެ ޒޯނަކީ، ދިވެހިރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި އޮތް ޒޯނެއްކަމުގައިވީނަމަވެސް، އަދި އެ ޒޯނުގެ ދާއިރާ ހިމެނެނީ، ކޮންމެ ލޯކަލް ކައުންސިލެއްގެ އިޚްތިޞާޞް ހިނގާ ސަރަޙައްދެއްގައި ކަމުގައިވީނަމަވެސް، އެހިސާބުން، އެ ކައުންސިލެއްގެ އިޚްތިސާސުން އެ ޒޯނެއް ވަކިވެ، އެ ޒޯނެއްގެ ޢާންމު ބެލެނިވެރިކަން ޖަމާވެ، ގާއިމުވާނީ، މިނިސްޓްރީގައެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
32 – (ހ) ޒޯނެއްގެގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ވަކި ސަރަހައްދެއްް ކަނޑައަޅަންވާނީ އެޒޯނު ހިމެނޭ ސަރަހައްދަކީ އެއްވެސް ލޯކަލް ކައުންސިލެއްގެ އިޙްތިސާސް ހިމެނޭ ސަރަހައްދެއްނަމަ އެ ލޯކަލް ކައުންސިލަކާ މަޝްވަރާ ކުރެވި، އެ ލޯކަލް ކައުންސިލެއްގެ ކަންބޮޑުވުން ހުރިކަމެއްނަމަ އެކަމެއް ހައްލުކުރުމަށްފަހުގައެވެ.

ބިލުގެ 37 ވަނަ މާއްދާ ގެ (ހ)

ބިލުގައި މިހާރު އޮތް ގޮތް :
37 – (ހ) އެ ޒޯނުގެ ތެރޭގައި ހިމެނޭ ބިން މިލްކުކުރުން ނުވަތަ ކުއްޔަށް ހިފުން؛

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
37 – (ހ) އެ ޒޯނުގެ ތެރޭގައި ހިމެނޭ ބިން ކުއްޔަށް ހިފުން؛

ބިލުގެ 42 ވަނަ މާއްދާ

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
42 ވަނަ މާއްދާގެ އަރިމަތީ ސުރުޚީ “މުރާޖަޢާ ކުރުމާއި އިސްތިޢުނާފުކުރުން” އަށް ބަދަލުކޮށް، އެ މާއްދާގެ (ރ) ގެ ގޮތުގައި އަންނަނިވި ބައި އިތުރުކުރުން.

42 – (ރ) މިނިސްޓަރުގެ ނިންމުމާމެދު ޑިވެލޮޕަރު ހިތްހަމަނުޖެހޭނަމަ، އެ ނިންމުން އިސްތިއުނާފުކުރުމަށް މި ޤާނޫނުގެ ދަށުން ޤާއިމްކުރެވޭ ސްޕެޝަލް އިކޮނޮމިކް ޒޯނާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިދާނެއެވެ.

ބިލުގެ 49 ވަނަ މާއްދާ ގެ (ހ)

ބިލުގައި މިހާރު އޮތް ގޮތް :
49 – (ހ) ޒޯނުގެ ތަފްޞީލު (އިންވަކިކޮށް އެނގޭގޮތަށް)

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

49 – (ހ) ޒޯނުގެ ތަފްޞީލު (އިންވަކިކޮށް އެނގޭގޮތަށް) އަދި ޒޯންގެ ތެރޭގައި މީހުންދިރި އުޅޭ ރަށެއް ނުވަތަ ސިޓީއެއް ނުވަތަ ރަށެއްގެ ބައެއް ނުވަތަ ސިޓީއެއްގެ ބައެއް ހިމެނޭނަމަ އެރަށެއްގެ ކައުންސިލުން ނުވަތަ ސިޓީ ކައުންސިލުން އެކައުންސިލެއްގެ އިޙްތިޞާޞްގެ ތެރޭގައި ހިމެނޭ ސަރަހައްދެއް ޒޯންގެ ތެރޭގައި ހިމެނުމަށް ކައުންސިލުން ހުއްދަދީފައިވާ ކަމުގެ ލިޔުމެއް

ބިލުގެ 51 ވަނަ މާއްދާ ގެ (ށ)

ބިލުގައި މިހާރު އޮތް ގޮތް :
51 – (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޑިވެލޮޕަރަކަށް ދޫކޮއްފައިވާ ޒޯނެއްގެ މުޅި އިންވެސްޓްމެންޓް، ކަނޑައެޅި ބަޔާންވެގެންވާ ދައުލަތުގެ މަންފާއެއް ހާސިލް ކުރުމަށްޓަކާ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ އެކަށޭނަ ބަދަލު ޑިވެލޮޕަރަށް ލިބިދިނުމާއެކު، ދައުލަތަށް ނެގިދާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

51 – (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޑިވެލޮޕަރަކަށް ދޫކޮއްފައިވާ ޒޯނެއްގެ މުޅި އިންވެސްޓްމެންޓް، ކަނޑައެޅި ބަޔާންވެގެންވާ ދައުލަތުގެ މަންފާއެއް ހާސިލް ކުރުމަށްޓަކާ، ނުވަތަ ދިވެހިރާއްޖޭގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކާ އެކަށޭނަ ބަދަލު ޑިވެލޮޕަރަށް ލިބިދިނުމާއެކު، ދައުލަތަށް ނެގިދާނެއެވެ. މިގޮތުން ދެވޭ ބަދަލު ވާންވާނީ އެއިންވެސްޓްމަންޓް އަކަށް ކުރި ޚަރަދާއި އެއްވަރުގެ އަދަދަކަށެވެ.

ބިލުގެ 56 ވަނަ މާއްދާ ގެ (ހ)

ބިލުގައި މިހާރު އޮތް ގޮތް :
56 – (ހ) ޒޯން ގާއިމުކުރުމުގެ ހުއްދަދިނުމުގަޔާއި، ހުއްދަ ބާޠިލުކުރުމުގަޔާއި، ޒޯނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި، މިނިސްޓަރުގެ ބެލުމުގެ ދަށުން އިންތިޒާމުކުރެވިގެންވާ، “ބޯޑް އޮފް އިންވެސްޓްމަންޓްސް” ގެ ނަމުގައި ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

56 – (ހ) ޒޯން ގާއިމުކުރުމުގެ ހުއްދަދިނުމުގަޔާއި، ހުއްދަ ބާޠިލުކުރުމުގަޔާއި، ޒޯނާ ގުޅޭގޮތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމަށްޓަކައި، މިނިސްޓަރުގެ ބެލުމުގެ ދަށުން އިންތިޒާމުކުރެވިގެންވާ، “ބޯޑް އޮފް އިންވެސްޓްމަންޓްސް” ގެ ނަމުގައި ބޯޑެއް، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު، ރައީސުލްޖުމްހޫރިއްޔާ އުފައްދަންވާނެއެވެ.

ބިލުގެ 58 ވަނަ މާއްދާ ގެ (ށ) 15

ބިލުގައި މިހާރު އޮތް ގޮތް :
58 – (ށ) 15 ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެމަޖިލީހުގެ މެންބަރެއް.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :

56 – (ށ) 15 ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެމަޖިލީހުގައި ހިމެނޭ ކޮންމެ ސިޔާސީޕާޓީއަކުން މެންބަރެއް.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :

56 – (ށ) 15 ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ ސަރުކާރު ހިނަގާ ޕާޓީއަށް ނިސްބަތް ނުވާ މެންބަރެއް.

ބިލުގެ 58 ވަނަ މާއްދާ ގެ (ނ)

ބިލުގައި މިހާރު އޮތް ގޮތް :
58 – (ނ) ބޯޑަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ، އަދި އެބޯޑުގެ މެންބަރުންގެ އުޖޫރައާއި ޢިނާޔަތް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

56 – (ހ) ބޯޑަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުމާއި އެކު ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އެބޯޑުގެ މެންބަރުންގެ އުޖޫރައާއި ޢިނާޔަތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.
ބިލުގެ 70 ވަނަ މާއްދާ ގެ (ށ)
ބިލުގައި މިހާރު އޮތް ގޮތް :
70 – (ށ) ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ހިންގޭ އިޤްތިޞާދީޙަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއި، މި ޤާނޫނުގެ ދަށުން ދެވޭ ޢިނާޔަތްތަކުގެ “ޓެކްސް އެކްސްޕެންޑިޗަރ” ހިސާބުކުރުމުގެ ބޭނުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހަދާ ގަވާއިދެއްގައި ކަނޑައަޅާ މަޢުލޫމާތު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން އެ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
70 – (ށ) ސްޕެޝަލް އިކޮނޮމިކް ޒޯންތަކުގައި ހިންގޭ އިޤްތިޞާދީޙަރަކާތްތަކުގެ ކުޑަބޮޑުމިން ދެނެގަތުމަށާއި، މި ޤާނޫނުގެ ދަށުން ދެވޭ ޢިނާޔަތްތަކުގެ “ޓެކްސް އެކްސްޕެންޑިޗަރ” ހިސާބުކުރުމުގެ ބޭނުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ހަދާ ގަވާއިދެއްގައި ކަނޑައަޅާ މަޢުލޫމާތު، އެ ގަވާއިދުގައި ބަޔާންކުރާ ގޮތެއްގެމަތިން، ޒޯން ޑިވެލޮޕަރުންނާއި އިންވެސްޓަރުން އެ އޮތޯރިޓީއަށް ހުށަހަޅަންވާނެއެވެ. އަދި ޒޯންތަކުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ ހުރިހާ ފައިސާއެއް ހުށަހަޅަށްވަނީ މޯލްޑިވްސް އިންލެންޑް އޮތޯރިޓީއަށެވެ.

ބިލުގެ 73 ވަނަ މާއްދާ ގެ (ށ)

ބިލުގައި މިހާރު އޮތް ގޮތް :
73 – (ށ) ބޯޑަށް މެންބަރުން ޢައްޔަންކޮށް ވަކިކުރާނީ، އަދި އެބޯޑުގެ މެންބަރުންގެ އުޖޫރައާއި ޢިނާޔަތް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
73 – (ށ) ޒޯނެއްގެ ގޮތުގައި މި ޤާނޫނުން ކަނޑައަޅާ ސަރަޙައްދެއްގައި، ހިންގާ ވިޔަފާރިއާއި ކުރާ އިންވެސްޓްމަންޓްގެ ތެރެއިން އެއްވެސް މިންވަރަކަށް އެ ޒޯނެއްގައި ރިޒޯޓާއި ފަތުރުވެރިކަމުގެ އެހެން އިންވެސްޓްމަންޓެއް ނުކުރެވޭނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :
73 ވަނަ މާއްދާގެ (ށ) އުނިކުރުން.

ބިލުގެ 73 ވަނަ މާއްދާ ގެ (ށ)
ބިލުގައި މިހާރު އޮތް ގޮތް :
73 – (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ޒޯނެއްގެ ގޮތުގައި މި ޤާނޫނުން ކަނޑައަޅާ ސަރަޙައްދެއްގައި، ހިންގާ ވިޔަފާރިއާއި ކުރާ އިންވެސްޓްމަންޓްގެ 40 އިންސައްތައަށްވުރެ ބޮޑުނޫން މިންވަރެއްގެ ތެރޭގައި، އެ ޒޯނެއްގައި ރިޒޯޓާއި ފަތުރުވެރިކަމުގެ އެހެން އިންވެސްޓްމަންޓްތައް ކުރުމަކަށް މި ޤާނޫނު ހުރަހެއް ނާޅައެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :

73 – (ށ) ޒޯނެއްގެ ގޮތުގައި މި ޤާނޫނުން ކަނޑައަޅާ ސަރަޙައްދެއްގައި، ހިންގާ ވިޔަފާރިއާއި ކުރާ އިންވެސްޓްމަންޓްގެ ތެރެއިން އެއްވެސް މިންވަރަކަށް އެ ޒޯނެއްގައި ރިޒޯޓާއި ފަތުރުވެރިކަމުގެ އެހެން އިންވެސްޓްމަންޓެއް ނުކުރެވޭނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :

73 ވަނަ މާއްދާގެ (ށ) އުނިކުރުން.

ބިލުގެ 74 ވަނަ މާއްދާ ގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް :
74 – (ހ) ދިރިއުޅުމަށްޓަކައި ބޭނުންކުރާ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ ނުވަތަ ސިނާޢީ ބޭނުމަށް ބޭނުންކުރާ ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ކެޓަގަރީގައި ހިމެނޭ ބިން، ޒޯނެއްގެތެރޭގައި ހިމެނޭނަމަ، އެ ހުރިހާ ބިމަކީވެސް، އެއް ކެޓެގަރީއެއްގެ ބިންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. އަދި، އެގޮތަށް ކަނޑައެޅުމަށްފަހު، އެ ބިން ޒޯނާ ޙަވާލުކުރެވިދާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
74 – (ހ) ދިރިއުޅުމަށްޓަކައި ބޭނުންކުރާ ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރާ ނުވަތަ ސިނާޢީ ބޭނުމަށް ބޭނުންކުރާ ނުވަތަ ދަނޑުވެރިކަމަށް ބޭނުންކުރާ ބިންތަކުގެ ކެޓަގަރީގައި ހިމެނޭ ބިން، ޒޯނެއްގެތެރޭގައި ހިމެނޭނަމަ، އެތަންތަނަކީ މަތީގައި ބަޔާންކުރެވުނު ކަންކަމަށް ރައްޔިތުން އިންވެސްޓްކޮށް ބޭނުންކުރަމުންދާ ތަންތަން ކަމުގައި ނުވާނަމަ، އެ ހުރިހާ ބިމަކީވެސް، އެއް ކެޓެގަރީއެއްގެ ބިންކަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ކަނޑައެޅިދާނެއެވެ. އަދި، އެގޮތަށް ކަނޑައެޅުމަށްފަހު، އެ ބިން ޒޯނާ ޙަވާލުކުރެވިދާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :

74 ވަނަ މާއްދާއަށް (ނ) އެއް އިތުރުކުރުން

74 – (ނ) މި މާއްދާގެ (ހ) އަށް އަމަލު ކުރަންވަނީ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރެވިފައިވާ އުސޫލުގެ މަތިންނެވެ.

ބިލުގެ 74 ވަނަ މާއްދާ ގެ (ށ)

ބިލުގައި މިހާރު އޮތް ގޮތް :
74 – (ށ) ބިމެއް އަމިއްލަކުރުމާ ގުޅޭގޮތުން ސަރުކާރަށް ދައްކަންޖެހޭ ޓެކްސް، ޒޯނުގެ ބިމެއް އަމިއްލަކުރުމުގައި ދައްކާކަށް ނުޖެހޭނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :
74 – (ށ) އެއްވެސް ޒޯނެއްގައި ހިމެނޭ ބިމެއް އަމިއްލައެއް ނުކުރެވޭނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :
74 ވަނަ މާއްދާގެ (ށ) އުނިކުރުން.

ބިލުގެ 75 ވަނަ މާއްދާ ގެ (ހ)
ބިލުގައި މިހާރު އޮތް ގޮތް :
75 – (ހ) މި ޤާނޫނުގެ ކުރީގެ އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، މި ޤާނޫނުގެ ދަށުން ޒޯނެއް ހެދުމަށް ދޫކުރެވޭ ޕާރމިޓްގައި ނުވަތަ އިންވެސްޓްމަންޓް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ބިން،ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން، ބިދޭސީ ކުންފުންޏަކަށްނުވާ ހަމަ ކޮންމެ ކުންފުންޏަކަށްމެ،މިލްކުކުރެވިދާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 1 :

75 – (ހ) މި ޤާނޫނުގެ ދަށުން ޒޯނެއް ހެދުމަށް ދޫކުރެވޭ ޕާރމިޓްގައި ނުވަތަ އިންވެސްޓްމަންޓް އެގްރިމެންޓުގައި ބަޔާންކޮށްފައިވާ ބިން، އެއްވެސް ހާލަތެއްގައި އެއްވެސް ފަރަތަކަށް މިލްކެއް ނުކުރެވޭނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް 2 :

75 ވަނަ މާއްދާގެ (ހ) އުނިކުރުން.

ބިލުގެ 75 ވަނަ މާއްދާ ގެ (ށ)

ބިލުގައި މިހާރު އޮތް ގޮތް :
75 – (ހ) މި މާއްދާގެ (ހ) ބަޔާންކޮށްފައިވާ އުސޫލަށް ޢަމަލުކުރުމަކީ، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ އުސޫލާ ތަޢާރުޒުވާ ކަމެއް ނޫނެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

75 ވަނަ މާއްދާގެ (ށ) އުނިކުރުން.

ބިލުގެ 76 ވަނަ މާއްދާ ގެ (ށ)

ބިލުގައި މިހާރު އޮތް ގޮތް :
76 (ށ) ޒޯނެއްގައި ހިންގާ އިންވެސްޓްމަންޓެއްގައި ޑިވެލޮޕަރެއްގެ ނުވަތަ އިންވެސްޓަރެއްގެ މަސައްކަތްކުރުމަށް ސުޕަވައިޒަރީ ނުވަތަ ފަންނީ ނުވަތަ އެޑްވައިޒަރީ މަގާމުތަކުގެ ވަޒީފާ ދޭ ރާއްޖޭން ބޭރުގެ މީހުންގެ ޢަދަދު، އެ އިންވެސްޓްމަންޓެއްގައި މަސައްކަތްކުރާ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

76 (ށ) ޒޯނެއްގައި ހިންގާ އިންވެސްޓްމަންޓެއްގައި ޑިވެލޮޕަރެއްގެ ނުވަތަ އިންވެސްޓަރެއްގެ މަސައްކަތްކުރުމަށް ސުޕަވައިޒަރީ ނުވަތަ ފަންނީ ނުވަތަ އެޑްވައިޒަރީ މަގާމުތަކުގެ ވަޒީފާ ދޭ ރާއްޖޭން ބޭރުގެ މީހުންގެ ޢަދަދު، އެ އިންވެސްޓްމަންޓެއްގައި މަސައްކަތްކުރާ ޖުމްލަ މުވައްޒަފުންގެ 10 އިންސައްތައަށްވުރެ އިތުރުވެގެން ނުވާނެއެވެ. މުޅި އެއިންވެސްޓަމަންޓް އެއްގައި މަސައްކަތްކުރާ މުވައްޒިފުންގެ މަދުވެގެން %75 އަކީ ދިވެހިން ކަމުގައި ވާންވާނެއެވެ.

ބިލުގެ 76 ވަނަ މާއްދާ ގެ ފަހަތަށް “ބައެއް ކަންތައްތައް މަނާކުރުން” މި އަރިމަތީ ސުރުހީ ގެ މައްޗަށް މާއްދާއެއް އިތުރުކުރުން

77 (ހ) ރާއްޖޭގައި ހިންގުމަށް މިޤާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން ޒޯނެއްގައި ކުރާ ވިޔަފާރިއެއްގެ ނިވާފަތްގަނޑުގައި ނުވަތަ އެނޫންގޮތަކަށް ވިޔަސް ޕޯކަރ، ރޫލެޓް، ބްލެކް ޖެކް، ބެޓިންގ، އަދި މީގެ އިތުރުންވެސް އެހެނިހެން ކެސިނޯ ގޭމްސްއާއި، ލޮޓަރީ އަދި މިނޫންގޮތަކުން ނަމަވެސް ޖުވާ ކުޅުން ކަމުގައި ހިމެނިދާނޭފަދަ އެއްވެސް ކަމެއް ކުރުމަށް މި ޤާނޫނު ހުއްދައެއް ނުކުރެއެވެ.

(ށ) ރާއްޖޭގައި ހިންގުމަށް މިޤާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން ޒޯނެއްގައި މަސައްކަތްކުރާ އިސްލާމް ދީން ނޫން އެހެން ދީނެއްގެ ބަޔަކު ޖަމާވެ އަޅުކަންކުރުމަށްޓަކައި ވަކިތަނެއް ޚާއްސަކުރުމާއި، އެފަދަ ތަނެއް ބިނާކުރުމާއި، ވަކިތަނެއް ޚާއްސަ ނުކުރިނަމަވެސް އިސްލާމް ދީން ނޫން އެހެން ދީނެއްގެ ބަޔަކު ޖަމާވެ، އިސްލާމްދީން ނޫން އެހެން ދީނަކަށް އެޒޯނުގައި އަޅުކަންކުރުމަކީ މިޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.

ބިލުގެ 80 ވަނަ މާއްދާ ގެ ފަހަތަށް “ދިވެހިރާއްޖޭގެ ޠަބީއީ މުއްސަނދިކަން” މި އަރިމަތީ ސުރުހީ ގެ މައްޗަށް މާއްދާއެއް އިތުރުކުރުން

81 (ހ) ރާއްޖޭގައި ހިންގުމަށް މިޤާނޫނުން ހުއްދަ ކުރާ ބާވަތުގެ ޒޯނުތަކުގެ ތެރެއިން ޒޯނެއްގެ ސަރަޙައްދުގެ ތެރޭގައި ޤުދުރަތީގޮތުން އުފެދިފައިހުރި ނަމަ ހުރި މައުދަނާއި، ތެލާއި، ގޭހާއި، ކަނޑުގެ އަޑީގެ ބިމުގައިވާ ދިރުންހުރި، އަދި ދިރުމެއްނެތް، ޠަބީއީ، އަދި އަގުހުރި ހުރިހާ އެއްޗަކާއި، ރަނާއި، ރިއްސާއި، ގަހަނާއާއި، ފައިސާއާއި، އާސާރީތަކެތި މިލްކުވެގެންވަނީ ދިވެހި ދައުލަތަށަވެ. ޒޯނަކުން ފެންނަ، މިމާއްދާގައި ބުނެފައިވާފަދަ އެއްވެސް އެއްޗެއްގެ މައްޗަށް އެޒޯނު ޙަވާލުކުރެވިފައިވާ ޑިވެލޮޕަރުގެ ނުވަތަ އިންވެސްޓަރުންނަށް މިލްކުވެރިކަމުގެ ނުވަތަ ތަޞައްރުފު ކުރުމުގެ އެއްވެސް ޙައްޤެއް ލިބިގެންނުވެއެވެ.

(ށ) ޒޯނުގައި ވިޔަފާރިކުރުމަށް ހުޅުވާލެވިފައިވަނީ މިމާއްދާގެ (ހ) ގައި ބުނެފައިވާ ފަދަ ތަކެތި ހޯދުމަށް ނުވަތަ ބިމުން ނަގާ މައުދަނަކުން ތަކެތި އުފައްދައިގެން ވިޔަފާރިކުރުމަށްނަމަ، އެވިޔަފާރިތަކުން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއްގައި ކަނޑައަޅާ ރޯޔަލްޓީއެއް ދައުލަތަށް ނަގާ ގޮތަށް މެނުވީ، އެފަދަ ވިޔަފާރިއެއް ކުރުމަށް ހުއްދަ ދީގެންނުވާނެއެވެ.

(ނ) ދިވެހިރާއްޖޭގެ ކަނޑާއި، ފަރުތަކުގައިވާ މަހާއި، އެހެނިހެން ދިރޭތަކެތި، ވިޔަފާރީގެ ބޭނުމަށްޓަކައި، ބޭނުމާއި، ހިފުމާއި، ނެގުމުގެ ހުއްދަ މި ޤާނޫނުގެ ދަށުން ޒޯނުގެ ޑިވެލޮޕަރުންނަށް ނުވަތަ އިންވެސްޓަރުންނަށް ދީގެންނުވާނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި އެފަދަ މަސައްކަތްކުރާ ދިވެހިރައްޔިތުންގެ އަތުން އެފަދަ ތަކެތި ގަނެ، ޕްރޮސެސްކޮށްގެން ވިޔަފާރިކުރުމާއި، އަދި އެކުއަރކަލްޗަރ ނުވަތަ މެރިކަލްޗަރ ފަދަ ވިޔަފާރިތައް ކުރުމަށް މި މާއްދާ ހުރަހެއް ނާޅައެވެ.

ބިލުގެ ޖަދުވަލު 1 ގެ (ށ) ގެ 1

ބިލުގައި މިހާރު އޮތް ގޮތް :
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް ފުރަތަމަ 10 އަހަރަށް ވުރެ ދިގު މުއްދަތަށް އިސްތިސްނާވުން

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ށ) ގެ 2

ބިލުގައި މިހާރު އޮތް ގޮތް :
ވިތްހޯލްޑިންގ ޓެކްސް 10 އަހަރަށް ވުރެ ދިގު މުއްދަތަށް އިސްތިސްނާކުރުުން

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ށ) ގެ 4

ބިލުގައި މިހާރު އޮތް ގޮތް :
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން ބިދޭސީ ކުންފުންޏަކަށްނުވާ ކޮންމެ ކުންފުންޏަކަށްމެބިން މިލްކުކުރުމުގެ ފުރުޞަތު އޮތުން؛ އަދި

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ށ) ގެ 5

ބިލުގައި މިހާރު އޮތް ގޮތް :
ބިން ގަތުމުގައި ނުވަތަ އަމިއްލަކުރުމުގައި އެއްވެސް ޓެކުހެއް ދައްކަން ނުޖެހުން.
އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން
ބިލުގެ ޖަދުވަލު 1 ގެ (ނ)

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

ބިލުގެ ޖަދުވަލު 1 ގެ (ނ) ގައި ހިމަނާފައިވާ ތަވާލުގައިވާ ފުރަތަމަ ވިޔަފާރީގެ ދާއިރާގެ ނަން “ހޮޓެލް އެންޑް ޓޫރިޒަމް އަދި ކޮމާރޝަލް ރިއަލް އެސްޓޭޓް” ގެ ބަދަލުގައި “ކޮމާރޝަލް ރިއަލް އެސްޓޭޓް” އަށް އިސްލާހުކުރުން.

ބިލުގެ ޖަދުވަލު 1 ގެ (ނ) ގައި ހިމަނާފައިވާ ތަވާލުގައި އެއްވެސް ބާވަތެއްގެ ޓެކްސްއެއް 3 އަހަރަށްވުރެ އިތުރަށް މަޢާފްކޮށްދޭނޭކަމަށް ބަޔާންކޮށްފައިވާނަމަ، އެ ތަންތަން 3 އަހަރަށް އިސްލާހުކުރުން.

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 1

ބިލުގައި މިހާރު އޮތް ގޮތް :
ވިޔަފާރި ފައިދާއިން ނަގާ ޓެކްސް އިތުރު މުއްދަތަކަށް އިސްތިސްނާވުން؛

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 2

ބިލުގައި މިހާރު އޮތް ގޮތް :
މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު މުއްދަތަކަށް އިސްތިސްނާުކުރުން.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 4

ބިލުގައި މިހާރު އޮތް ގޮތް :
ބިދޭސީ ކުންފުނިތަކަށް ބިން 66 އަހަރަށް ކުއްޔަށް ލިބޭނެގޮތްވުން. އަދި ފުރަތަމަ އެގްރީމެންޓާއިއެކު ސޮއިކުރާ އެގްރީމެންޓެއްގެ ދަށުން، އިތުރު 33 އަހަރަށް މުއްދަތު އިތުރުކުރުމުގެ އިޚްތިޔާރުއޮތުން.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 5

ބިލުގައި މިހާރު އޮތް ގޮތް :
ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކުންފުނިތަކުގެ ތެރެއިން 51 އިންސައްތަ ދިވެހި ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށާއި ދިވެހި ރައްޔިތުންނަށް ބިން މިލްކު ކުރުމުގެ ފުރުޞަތު އޮތުން.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 6

ބިލުގައި މިހާރު އޮތް ގޮތް :
ބިންގަތުމުގައި އެއްވެސް ޓެކުހެއް ދައްކަން ނުޖެހުން.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :
މި ނަންބަރު އުނިކުރުން

ބިލުގެ ޖަދުވަލު 1 ގެ (ރ) ގެ 9

ބިލުގައި މިހާރު އޮތް ގޮތް :
ކަނޑައެޅޭ ވަކި އުސޫލަކުން ޓެކްސް ރިލީފް ދިނުން.

އިސްލާހު ކުރަން ހުށައެޅިފައިވާގޮތް :

މި ނަންބަރު އުނިކުރުން

ހުށަހެޅިފައިވާ މިއިސްލާޙުތަކުގެ ޕީޑީއެފް ފައިލް ޑައުންލޯޑުކުރުމަށް މިލިންކަށް ފިތާލާށެވެ.