އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބް 2014

MDP/2014/038

އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕް އިންތިޚާބް 2014

25 ޖޫން 2014 ވަނަ ދުވަހު ބާއްވާ މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވާ މަޤާމްތަކަށް އެގްރޫޕުން ބަދަލު ގެނެސްފައިވާތީވެ 9 ޖޫން 2014 ދުވަހު ކުރެވުނު މިޕާޓީގެMDP/2014/037 ނަންބަރު އިއުލާން ބާތިލްކޮށް އަލުން މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ތިރީގައި މިދަންނަވާ މަޤާމްތަކުގެ އިންތިޚާބަށް ހުޅުވާލަމެވެ. ވީމާ ޕާލިމެންޓަރީ ގްރޫޕްގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން 23 ޖޫން 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން އެމެންބަރަކު ކުރިމަތިލައްވާ މަޤާމް އެނގޭނެގޮތަށް އެމްޑީޕީ ސެކްރެޓޭރިއަޓް ގްރައުންޑް ފްލޯރ އަށް ލިޔުމުން ފޮނުއްވުން އެދެމެވެ. ނުވަތަ އަށް elections@mdp.org.mv އީމެއިލް ކުރެއްވުން އެދެމެވެ.

ޕާލިމެންޓަރީ ގްރޫޕްއަށް މެންބަރުން އިންތިޚާބު ކުރާ މަޤާމްތައް

މަޤާމް އިންތިޚާބްކުރާ އަދަދު

ޕާލިމެންޓަރީ ގްރޫޕްގެ ޑިޕިއުޓީ ލީޑަރ 1
އަމީން އާއްމުގެ ނާއިބު 1
ޗީފް ވިޕް 1
ވިޕުން 2

މިހެންވެ މިވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.

16 ޖޫން 2014