ރަސްގެތީމު ކައުންސިލުގެ ރައީސް ޢަލީ ނަޖީބަށް ލިބުނު ބޮޑު އަނިޔާގެ ހިތާމައިގައި އެމް.ޑީ.ޕީ އިން ބައިވެރިވުން

noosbayan

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) އަށް ނިސްބަތްވެލައްވާ، ރ.ރަސްގެތީމު ކައުންސިލުގެ ރައީސް ޢަލީ ނަޖީބަށް 14 ޖޫން 2014 ވަނަދުވަހު ކުރިމަތިވި މޫދު އުޅަނދު އެކްސިޑެންޓްގައި އޭނާއަށް ލިބިލެއްވި ބޮޑެތި އަނިޔާތަކާ ގުޅިގެން އޭނާގެ ފައި ބުރިކޮށްލަންޖެހުމުގެ ސަބަބުން ލިބިލެއްވި އިއާދަނުކުރެވޭ ގެއްލުމުގެ ހިތާމައިގައި މި ޕާރޓީން ބައިވެރިވަމެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން ޢަލީ ނަޖީބާއި އޭނާގެ އާއިލާއަށް ކެއްތެރިކަން ދެއްވައި، އޭނާއަށް އަވަސް ޝިފާއަކަށް އެދި މާތްﷲ ގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.
16 ޖޫން 2014
ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް