ރައީސް ނަޝީދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މަހިންދަ ރާޖަޕަކްސެ ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވަވައިފި

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ) ގެ ވަގުތީ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު، ސްރިލަންކާ އަށް ކުރައްވާ ދަތުރުފުޅުގައި ސްރީލަންކާގެ ރައީސް ހިޒް އެކްސެލެންސީ މަހިންދަ ރާޖަޕަކްސެ ރޭގަނޑުގެ ފަރިއްކޮޅެއް ބާއްވަވައިފިއެވެ.
ކޮޅުނބުގައި ހުންނަ ސްރީލަންކާގެ ރައީސްގެ ރަސްމީ ގަނޑުވަރުކޮޅުގައި ރޭ ބޭއްވެވި މި އިއްތިފާލުގައި ސްރިލަންކާގެ ސަރުކާރުގެ އިސްވެރިންނާއި ރައީސް ނަޝީދުގެ ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މި ރަސްމިއްޔާތަށްފަހު ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާގެ ހަމަޖެހުމާއި ބައިނަލް އަޤުވާމީ ކަންކަމުގައި ސްރިލަންކާއަށް ރާއްޖެއިން އެއްބާރުލުން ހާމަކުރުމަކީ އެމް.ޑީ.ޕީ އިން އިސްކަންދޭ ކަންކަން ކަމުގައެވެ.