އެމްޑީޕީ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އިންތިޚާބް 2014

MDP/2014/036

އެމްޑީޕީ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އިންތިޚާބް 2014

މިޕާޓީގެ ޗެއަރޕާސަން، ރައީސް އަދި ނާއިބު ރައީސްގެ އިންތިޚާބް 29 އޯގަސްޓް 2014 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމްތަކަށް ކުރިމަތިލައްވަން އެދޭ މެންބަރުން 15 ޖޫން 2014 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ޖޫން 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް އިންތިޚާބަށްކުރިމަތިލުމަށްއެދޭ ފޯމާއި ތާއީދުފޯމް ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށްއެދޭފޯމާއި ތާއީދު ފޯމް މިހާރު މިޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މިއިންތިޚާބްތަކުގައި މަޤާމްތަކަށް ކުރިމަތިލެވޭނީ އަދި ވޯޓްލެވޭނީ 1 ޖޫން 2014 ވަނަދުވަހުގެ ނިޔަލަށް މިޕާޓީގެ މެންބަރުންގެ ގޮތުގައި މިޕާޓީން ބަލައިގެންފައިވާ ފަރާތްތަކަށެވެ.

1 ޖޫން 2014

އެމްޑީޕީ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އިންތިޚާބް އިއުލާން ޕީޑީއެފް ފޯމެޓްގައި

އެމްޑީޕީ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އިންތިޚާބަށް ކުރިމަތިލާ ފޯމް

އެމްޑީޕީ ޗެއަރޕާސަން، ރައީސް، ނާއިބު ރައީސް އިންތިޚާބް ތާއީދު ފޯމް ޕީޑީއެފް ފޯމެޓްގައި