MDP/2014/035
އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 2014
މިޕާޓީގެ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 29 އޯގަސްޓް 2014 ވާ ހުކުރު ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މިމަޤާމަށް ކުރިމަތިލައްވަން އެދޭ މެންބަރުން 15 ޖޫން 2014 ވާ އާދިއްތަ ދުވަހުން ފެށިގެން 24 ޖޫން 2014 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް އިންތިޚާބަށްކުރިމަތިލުމަށްއެދޭ ފޯމާއި ތާއީދުފޯމް ހުށައެޅުއްވުން އެދެމެވެ. އިންތިޚާބަށް ކުރިމަތިލުމަށްއެދޭފޯމާއި ތާއީދު ފޯމް މިހާރު މިޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
މިއިންތިޚާބަށް ކުރިމަތިލެވޭނީ 1 ޖޫން 2014 ވަނަދުވަހުގެ ނިޔަލަށް މިޕާޓީގެ މެންބަރުންގެ ގޮތުގައި މިޕާޓީން ބަލައިގެންފައިވާ ފަރާތްތަކަށެވެ. އަދި މި އިންތިޚާބުގައި ވޯޓްލެވޭނީ މިޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކަށެވެ.
1 ޖޫން 2014
އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބް 2014 އިއުލާން ޕީޑީއެފް ފޯމެޓްގައި
އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) ތާއީދު ފޯމް
އެމްޑީޕީ ޗެއަރޕާސަންގެ ނާއިބު (މާލީ) އިންތިޚާބަށް ކުރިމަތިލާ ފޯމް