18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަމަޖެއްސުމުގައި އެމް.ޑީ.ޕީ. އަށް ބުރަވެވޭގޮތް

noosbayan

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހަމަޖެއްސުމުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އަށް ބުރަވެވެނީ ތިރީގައި ބަޔާންކުރެވިފައިވާ މައިގަނޑު 8 ކަމަކަށް އެއްބާރުލުންދޭ ފަރާތަކަށް ތާޢީދުކުރުމަށެވެ.
އެ ކަންކަމަކީ:
1. ދިވެހިރާއްޖޭގެ ޢަދަލުއިންސާފު ޤާއިމުކުރުމަށް ހުރި ހުރަސްތައް ނައްތާލާ ޝަރުޢީ ނިޒާމް ރިފޯރމްކުރުން.
2. ކައުންސިލްތައް ބާރުވެރިކުރުމާއި، ކައުންސިލްތަކަށް އާމްދަނީ ލިބޭނެ ގޮތްތަކަށް ޤާނޫނުތަކަށް އިސްލާހުގެނައުން.
3. މަސައްކަތްތެރިންނަށް ލިބެންޖެހޭ އެންމެ ކުޑަ އުޖޫރައެއް ކަނޑައެޅުން.
4. އިޖުތިމާޢީ ރައްކާތެރިކަން ހަރުދަނާކޮށް، ޚާއްސަގޮތެއްގައި އާސަންދައިގެ ޚިދުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދީ ފުރިހަމަކުރުން.
5. ދައުލަތާއި އެއްކޮށްކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގެ އިތުބާރު އުފައްދާ، އިންވެސްޓަރުންނަށް އޮތް ނުތަނަވަސްކަން ނައްތާލުން.
6. އިބްރަހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯރޓް ތަރައްޤީ ކުރުމުގެ ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން އުފެދިފައިވާ ބައިނަލްއަޤްވާމީ މައްސަލަތައް ހައްލުކުރުމަށް މި ޕާރޓީ އާއި އެކު މަސައްކަތްކުރުން.
7. ޓެކްސްގެ ނިޒާމް ފުރިހަމަކުރުމުގެ ގޮތުން އާންމުދަނީން ނެގޭ ޓެކްސް ތަޢާރަފްކޮށް، ޓީޖީއެސްޓީ %8 ގައި ހިފަހައްޓައި، އިމްޕޯޓް ޑިއުޓީ އުވާލުން.
8. ރައްޔިތުންގެ ފަޤީރުކަން ނައްތާލުމަށް އޮތް އެންމެ އަވަސް މަގަކީ، ގެސްޓް ހައުސްގެ ވިޔަފާރި ކުރިއެރުވުން ކަމަށް މި ޕާޓީން ދެކޭ ހިނދު، މި ވިޔަފާރި ފުޅާކުރުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުން.

23 މެއި 2014

ބަޔާން ނެރުނީ: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް