އައްޑޫސިޓީ ކައުންސިލްގެ އިދާރާ
އައްޑޫ، ދިވެހިރާއްޖެ
426-AA/IUL/2014/51 ނަމްބަރ:
އިޢުލާން
އައްޑޫ ގެސްޓް ހައުސް ވެންޗަރ
އައްޑޫ ސިޓީގެ ރަށްވެހިކަމާއި ގުޅުވައި ފަތުރުވެރިކަން ތަރައްގީކުރުން
އައްޑޫ ގެސްޓް ހައުސް ވެންޗަރގެ ވިޔަފާރި ތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ޝައުގެވެރިކަން ހާމަކުރުމުގެ ފުރުސަތު ހުޅުވާލުން
1. އައްޑޫ ސިޓީ ކައުންސިލުގެ ގަރާރު ނަންބަރު: 426-AA(A)/2014/06 ނިންމާފައިވަނީ، އައްޑޫސިޓީގެ ރަށްވެހިކަމާއި ގުޅުވައި، މިސިޓީގައި ގެސްޓް ހައުސްގެ ފަތުރުވެރިކަމުގެ ވިޔަފާރިއާއި، އަދި އެވިޔަފާރިއާ ގުޅޭ އެންމެހާ ޚިދުމަތްތަކާއި ވަޞީލަތްތައް ތަރައްޤީކުރުމަށެވެ. މިމަޝްރޫޢު ހިންގުމަށް ކުރެވޭ އެންމެހާ ކަންކަމަށް ކިޔާނީ ” އައްޑޫ ގެސްޓް ހައުސް ވެންޗަރ” އެވެ. އައްޑޫ ގެސްޓް ހައުސް ވެންޗާރއަށް ޖުމްލަ 20 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ވާނެކަމަށް އަންދާޒާ ކުރެވެއެވެ. އައްޑޫ ގެސްޓް ހައުސް ވެންޗަރގައި ހިމެނޭނީ އަންނަނިވި މައިގަނޑު މަސައްކަތްތަކެވެ:
2000 ގެސްޓްހައުސް އެނދު ބިނާކޮށް އެތަންތަނުގައި އެވިޔަފާރި ކުރުން. (މި އެނދުތައް ޤާއިމް ކުރެވޭނީ އައްޑޫ ސިޓީގެ 6 ސަރަޙައްދެއްގައެވެ.)
5 ޑައިވިން ސެންޓަރު ބިނާކޮށް އެތަންތަނުގައި، ޑައިވިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހާމަކޮށް ޑައިވިންގެ ވިޔަފާރީ ހިންގުން.
6 މޫދުކުޅިވަރުގެ ސެންޓަރު ބިނާކޮށް އެތަނަށް ސާމާނު ހަމަކޮށް އެމަސައްކަތުގެ ވިޔަފާރި ހިންގުން.
6 ރެސްޓޯރަންޓާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ތަންތަން ބިނާކޮށް، އެތަންތަނަށް ބޭނުންވާ ސާމާނުު ހަމަކޮށް، އެޚިދުމަތުގެ ވިޔަފާރި ހިންގުން.
1 ސެއިލިންގް ކުލަބް ބިނާކޮށް، އެކުލަބަށް ބޭނުންވާނެ އެންމެހާ ސާމާނު ހަމަކޮށް، އެޚިދުމަތުގެ ވިޔަފާރި ހިންގުން.
ބޭރުގެ މާކެޓްތަކުން ގަން އެއާރ ޕޯޓަށް، ޗާޓަރު ފުލައިޓް އޮޕަރޭޓުކުރުމުގެ ޚިދުމަތުގެ ވިޔަފާރި ހިންގުން.
ބޭރުގެ މާކެޓްތަކުން ޓޫރިސްޓުން ރާއްޖެ ގެނެއުމުގެ ޚިދުމަތުގެ ވިޔަފާރި ހިންގުން.
ކޮންވެންޝަން ޓޫރިޒަމްގެ ޚިދުމަތުގެ ވިޔަފާރި ހިންގުން.
2. ވީމާ އަޑޫ ސިޓީ ކައުންސިލުން ފުރުޞަތު ހުޅުވާލަނީ ތިރީގައި މިވާ ކަންކަމާއި ގުޅޭ ވިޔަފާރިތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުގެ ޝައުޤުވެރިކަން ހާމަކުރުމަށެވެ.
6 ކޮޓަރިއާއި 15 ކޮޓަރި އާއި ދެމެދުގެ ކޮޓަރީގެ ގެސްޓްހައުސްއެއްގެ އޯނަރަށްވެ، އެވިޔަފާރި ހިންގުމުގެ ޝައުގު ވެރިކަން ހުރިފަރާތްތައް، ނުވަތަ އެފަދަ އޯނަރަކަށްވެ، އެވިޔަފާރި ހިންގުން އެހެން ފަރާތަކާއި ހަވާލުކުރުމަށް ޝައުގުވެރިވާ ފަރާތައް. މިފަދަ ފަރާތްތަކަށް މި ވެންޗަރގެ ދަށުން އަންނަނިވި ކަންކަން ފަހިކޮށްދޭނެއެވެ.
ގެސްޓްހައުސް ޢިިމާރާތް ކުރުމަށް ބޭނުންވާނެ ބިން، 25 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް، ނުވަތަ ބިމުގެ ވެރިފަރާތް، އެވިޔަފާރީގެ %10 ގެ މިންވަރަށް ޙިއްޞާވާ އުޞޫޫލުން ހޯދައިދިނުން.
ގެސްޓްހައުސް ޢިިމާރާތްކުރުމަށް ހިނގާނެ ޚަރަދުގެ %70 ގެ ލޯނު ފައިސާ ހޯދައިދިނުން.
ގެސްޓްހައުސް ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދައިދިނުން. އައްޑޫ ގެސްޓްހައުސް ވެންޗަރ އިން ގަސްތު ކުރަނީ މި މަޝްރޫޢުގައި ހިމެނޭ 2000 ގެސްޓްހައުސް އެނދާއި އަދި އެހެނިހެންވެސް އެންމެހާ ޢުުމުރާނީ މަސައްކަތް އެފަރާތަކާއި ޙަަވާލު ކުރުމަށެވެ.
ގެސްޓުހައުސްގެ އެނދުތަކަށް ފަތުރުވެރިން ފޮނުވައިދޭނެ ޓުއަރ އޮޕަރޭޓަރުން ހޯދާދިނުން.
ގެސްޓަހައުސްގައި މަސައްކަތްކުރާނެ މީހުން ތަމްރީނު ކުރުމުގެ ޕްރޮގުރާމެއް ހިންގައިދިނުން.
އަމިއްލައަށް ގެސްޓްހައުސް ހިންގުމަށް ބޭނުންނުވާ ގެސްޓްހައުސް އޯނަރުންނަށް، ގެސްޓްހައުސް މެނޭޖްމަންޓު ކުންފުނި ހޯދައިދިނުން.
ގެސްޓްހައުސްގެ ވިޔަފާރި ކާމިޔާބުކަމާއި އެކުގައި ހިންގުމަށް ބޭނުންވާނެ މުނިސިޕަލް ޚިދުމަތްތަކާއި އެހެނިހެން ޚިދުމަތްތަކާއި ޙަަރަކާތް ހިންގޭނެ އިންތިޒާމްތައް ޤާއިމްކޮށް އެއިންތިޒާމްތައް ދެމެހެއްޓުން.
ޑައިވިން ސެންޓަރެއް ބިނާކޮށް އެތަންތަނުގައި ޑައިވިންގެ ޚިދުމަތް ދިނުމަށް ބޭނުންވާ ސާމާނު ހަމަކޮށް ޑައިވިންގެ ވިޔަފާރީ ހިންގުމުގެ ޝައުޤުވެރިކަން ހުރި ފަރާތްތައް.
މޫދުކުޅިވަރުގެ ސެންޓަރެއް ބިނާކޮށް އެތަނަށް ސާމާނު ހަމަކޮށް އެމަސައްކަތުގެ ވިޔަފާރި ހިންގުމުގެ ޝައުގުވެރިކަން ހުރި ފަރާތްތައް.
ރެސްޓޯރަންޓާއި ކޭޓަރިންގެ ޚިދުމަތް ދޭނެ ތަންތަން ބިނާކޮށް، އެތަންތަނަށް ބޭނުންވާނެ ސާމާނު ހަމަކޮށް، އެ ޚިދުމަތުގެ ވިޔަފާރި ހިންގުމުގެ ޝައުގުވެރިކަން ހުރިފަރާތްތައް.
ސެއިލިންގް ކުލަބެއް ބިނާކޮށް، އެކުލަބަށް ބޭނުންވާނެ އެންމެހާ ސާމާނު ހަމަކޮށް، އެޚިދުމަތުގެ ވިޔަފާރި ހިންގުމުގެ ޝައުޤުވެރިކަން ހުރިފަރާތްތައް.
ބޭރުގެ މާކެޓްތަކުން ގަން އެއާރ ޕޯޓަށް، ޗާޓަރު ފުލައިޓް އޮޕަރޭޓުކުރުމުގެ ޚިދުމަތުގެ ވިޔަފާރި ހިންގުމުގެ ޝައުގުވެރިކަން ހުރިފަރާތައް.
ބޭރުގެ މާކެޓްތަކުން ޓޫރިސްޓުން ރާއްޖެ ގެނެއުމުގެ ޚިިދުމަތުގެ ވިޔަފާރި ހިންގުމުގެ ޝައުޤުވެރިކަން ހުރިފަރާތްތައް.
ކޮންވެންޝަން ޓޫރިޒަމްގެ ޚިދުމަތުގެ ވިޔަފާރި ހިންގުމުގެ ޝައުޤުވެރިކަން ހުރިފަރާތްތައް.
އައްޑޫ ގެސްޓްހައުސް ވެންޗާރގައި ހިމެނޭ އެންމެހާ ޢުުމުރާނީ މަސައްކަތް ހިންގުމުގެ ޝައުޤުވެރިކަން ހުރިފަރާތްތައް.
3. މަތީގައި ދެންނެވިފައިއެވާ އެއްވެސް މަސައްކަތެއް ނުވަތަ ވިޔަފާރިއެއް ނުވަތަ އެނޫންވެސް ކަމަކާއި ގުޅޭގޮތުން ޝައުޤުވެރިކަން ހުރިފަރާތްތަކުން އެބޭފުޅަކު ޝައުގުވެރިކަން ހުރިކަމެއް ފާހަގަކޮށް ސިޓީއަކުން ނުވަތަ އީމޭލަކުން، 30 ޖޫން 2014 ވަނަ ދުވަހުގެ 3.00 ގެ ކުރިން އައްޑޫ ސިޓީ ކައުންސިލްގެ ސްކެރެޓޭރިޔަޓަށް ހުށަހެޅުން އެދެމެވެ.
4. އައްޑޫ ގެސްޓްހައުސް ވެންޗާރ އާއިގުޅޭގޮތުން މަޢުލޫމާތު ދިނުން 18 މެއި 2014 ވަނަ ދުވަހު މެންދުރުފަހު 2.00 ގައި މާލޭ ސިޓީ ހޯލްގައި އަދި 20 މެއި 2014 ވަނަ ދުވަހު އައްޑޫ ސިޓީ ހޯލްގައި މެންދުރު ފަހު 2.00 ގައި އޮންނާނެއެވެ.
މި އިޢުލާނާއި އެކުވާ އިތުރު މައުލޫމާތް ލިބިވަޑައިގަންނަވާނީ www.adducity.gov.mv
11 ޖުމާދަލް އޫލާ 1435
12 މޭއި 2014