ޚިޔާލު ހޯދުމަށް އޯޕަން ފޯރަމް ބޭއްވުން

iulaan

ނަމްބަރ MDP/2014/I-26

ޚިޔާލު ހޯދުމަށް އޯޕަން ފޯރަމް ބޭއްވުން

1 އެޕްރީލް 2014 ވަނަ ދުވަހުގެ ބޭއްވުނު އެމް.ޑީ.ޕީ ގެ ޤައުމީ މަޖްލިސް އިން ނިންމާފައިވާ ގޮތުގެ މަތިން، އެމް.ޑީ.ޕީ ކުރިމަގު ބައްޓަންކުރުމަށާއި ހިންގުން ހަރުދަނާ ކުރުމަށް ޚިޔާލު ހޯދުމަށް 2 އެޕްރީލް 2014 އިން 16 އެޕްރީލް 2014 ނިޔަލަށް 2 ހަފްތާގެ ފުރުސަތެއް މިހާރު ވަނީ ދެވިފައެވެ. މި ފުރުސަތުގައި ލިބުނު ޚިޔާލު ތައް ބަހައިލެވޭ ތިރީގައި މިވާ ދާއިރާތަކަށް އިތުރަށް ޚިޔާލު ހޯދުމަށް އޯޕަން ފޯރަމްތަކެއް ބޭއްވުމަށް ބޭނުންވެއެވެ.

1. ޕާޓީގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާ؟
2. ޕާޓީގެ ގުންނަތަކާއި ކޮމިޓީތައް ޕާޓީއަށް އެންމެ ފައިދާ ހުރިގޮތަށް ހިންގުމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާ؟
3. ޤައުމީ އިންތިޚާބް ތަކުގައި މެމްބަރުން އުއްމީދުކުރާ ކާމިޔާބު ހޯދުމަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާ؟
4. ޕާޓީ ހިންގުން ހަރުދަނާ ކުރުމަށް އަސާސީ ޤަވާއިދަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބާ؟
5. ޕާޓީގެ މާލީ ޙާލަތު ހަރުދަނާ ކުރުމަށް ގެންނަންޖެހޭ ބަދަލު ތަކަކީ ކޮބާ؟

ވީމާ، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ފޯރަމްތަކެއް މިއަދުން ފެށިގެން ބޭއްވުމަށް އެމް.ޑީ.ޕީ ގެ އެންމެހާ ދާއިރާތަކަށް އިލްތިމާސް ކުރަމެވެ. އަދި މި ބައްދަލުވުން ތަކުގައި ލިބުނު ޚިޔާލުތައް 24 އެޕްރީލް 2014 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެމް.ޑީ.ޕީ ގެ ސެކްރެޓޭރިއަޓްއަށް ހުށަ އެޅުމަށް ދަންނަވަމެވެ. އީމެއިލް އިން ނަމަtellmdp@mdp.org.mv ފޮނުވުމަށް ދަންނަވަމެވެ.

17 އެޕްރީލް 2014