ޕާޓީގެ އަސާސީ ގަވާއިދު އިޞްލާޙުކުރުމަށް ހުޅުވާލުން

iulaan

MDP/2014/024

ޕާޓީގެ އަސާސީ ގަވާއިދު އިޞްލާޙުކުރުމަށް ހުޅުވާލުން

ކޮންގްރެސްގެ ކުރި:
އަސާސީ ގަވާއިދު
އަސާސީ ގަވާއިދަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން.
އެކި ފަރާތްތަކުން އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާޙުތައް އާންމުކުރުން. – 16 މެއި 2014
އާންމުކޮށްފައިވާ އިޞްލާހުތަކަށް އިޞްލާޙު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން. – 16 މެއި 2014 އިން 26 މެއި 2014
އިޞްލާހުތަކަށް ހުށަހެޅުނު އިޞްލާޙު އާންމުކުރުން 27 މެއި 2014
އިޞްލާހުތަކާގުޅިގެން ކޮންގްރެސްގައި ވާހަކަދެއްމަށް ބޭނުންވާ ފަރާއްތަކަށް ފުރުޞަތު ހުޅުވާލުން – 27 މެއި 2014 އިން 24 ޖޫން 2014 އަށް
އަސާސީގައިވާދަށް ހުށަހަޅާފައި ހުރި އިޞްލާހުތަކާއި އަދި އިޞްލާހަށް ހުށަހަޅާފައިހުރި އިޞްލާހު ކޮންގްރެސްގައި ވޯޓަށް އެހުމަށް ތައްޔާރުކުރުން. – 4 ޖޫން 2014
ޤަރާރު ހުށަހެޅުން:
ޕާޓީގެ ފަރާތުން އެކި ކަންކަމުގައި ޢަމަލުކޮށް، ވިސްނުމާއި ޙިޔާލު ބަހައްޓަންވީގޮތް ބަޔާންކޮށް ހުށަހަޅާ ޤަރާރު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން. – 13 އޭޕްރީލް 2014 އިން 12 މެއި 2014
ކޮންގްރެސްއަށް ހުށަހަޅާ ޤާރާރު ބަލައިގެނެވޭނީ ޤަރާރާއެކު ކޮންގްރެސްއަށް ޙާޟިރުވުމުގެ ހައިސިއްޔަތު އޮންނަ 20 މީހުން/ޑެލިގޭޓުން ގެ ސޮއިއާއެކު ހުށަހެޅުމުންނެވެ.
ހުށަހެޅިފައިހުރި ޤަރާރުތައް އާންމުކުރުން، އަދި އެޤަރާރުތަކަށް ވާހަކަދެއްކުމަށް ފުރުޞަތު ހުޅުވާލުން – 13 މެއި 2014 އިން 4 ޖޫން 2014 އަށް
ކޮންގްރެސްގައި:
އަސާސީގަވާއިދަށް ހުށަޅާފައި ހުރި އިޞްލާހުތަކަށް ވޯޓަށް އެހުމުގެ ކުރިން އެއިޞްލާހުތަކަށް ބަހުސްކުރުމަށް ހުޅުވާލުން. އެގޮތުން ބަހުސްގައި ވާހަކަދެއްކުމަށް ފުރުޞަތު ދެވޭނީ ބަހުސްގައި ވާހަކަދެއްކުމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ފުރުޞަތު ހޯދާފައިވާ ވާފަރާތްތަކަށެވެ.
އަސާސީ ގަވާއިދަށް ހުށަހެޅިފައިހުރި އިޞްލާޙުތަކަށާއި، އެއިޞްލާހާ ގުޅިގެން ހުށަހަޅާފައިހުރި އިޞްލާހުތަކަށް ވޯޓަށް އެހުން.
އަސާސީ ގަވާއިދަށް ހުށަހަޅާފައިވާ އިޞްލާހެއް ފާސްކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބިއްޖެނަމަ، އެއިޞްލާހާ ގުޅިގެން ހުށަހަޅާފައިހުރި އިޞްލާހުތަކަށް ވޯޓަށް ނޭހޭނެއެވެ.
ކޮންގްރެސް ހިނގަމުންދާއިރު އަސާސީ ގަވާއިދަށް އިތުރު އިޞްލާހެއް ހުށަހެއް ނޭޅޭނެއެވެ.
ހުށަހެޅިފައި ހުރި ޤަރާރުތަކަށް ބަހުސްކުރަން ހުޅުވާލުން. އެގޮތުން ބަހުސްގައި ވާހަކަދެއްކުމަށް ފުރުޞަތު ދެވޭނީ ބަހުސްގައި ވާހަކަދެއްކުމަށް އެދި ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ފުރުޞަތު ހޯދާފައިވާ ވާފަރާތްތަކަށެވެ.
އަސާސީ ގަވާއިދަށް ހުށަހެޅޭ އިޞްލާހުތަކާއި ޤަރާރުތައް ފާސްކުރުމަށް ނެގޭނީ ސިއްރު ވޯޓެވެ.
__________________

13 އެޕްރީލް 2014