އިއުލާނު: އެމްޑީޕީ ކޮންގްރެސް 2014

iulaan

MDP/2014/I-018

2014 ވަނަ އަހަރުގެ ޖޫންމަހު 6-7 މިޕާޓީގެ 4 ވަނަ ކޮންގްރެސް ބޭއްވުމަށް 1 އޭޕްރިލް 2014 ވަނަ ދުވަހު ބޭއްވި ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައިވަނީ ފާސްކޮށްފައެވެ. ޕާޓީގެ އަސާސީ ޤަވާއިދުގެ 23 ވަނަ މާއްދާގައި ބަޔާންކުރާގޮތުން ޕާޓީގެ ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންވާ ފަރާތްތަށް ތިރީގައި މިދަންނަވަނީއެވެ.
1 ޤައުމީ މަޖިލީހުގެ ހުރިހާ މެންބަރުން
2 މާލިއްޔަތާ ޗަންދާ ކޮމެޓީ ގެ ހުރިހާ މެންބަރުން
3 މެންބަރޝިޕާއި ކެމްޕޭނު ކޮމެޓީގެ ހުރިހާ މެންބަރުން
4 އަންހެނުންގެ ރޫޙުގެ ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުން
5 ޒުވާނުންގެ ހިތްވަރުގެ ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުން
6 ޕާޓީ ޕްރޮވިންސްތަކުގެ ރައީސުންނާޢި ނާއިބު ރައީސުން
7 ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުން
8 ޕާޓީގެ ގޮފިތަކުގެ ރައީސުން (މަޤްބޫލު އުޒުރަކާހުރެ ގޮފީގެ ރައީސަށް ކޮންގްރެސްއަށް ހާޒިރުވުމަށް އުޒުރުވެރިވާނަމަ ގޮފީގެ ނާއިބު ރައީސް)
9 ޕާޓީއަށް ނިސްބަތްވާ ލޯކަލް ކައުންސިލަރުން
10 ޕާޓީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހިގެ ހުރިހާ މެންބަރުން
11 ޕާޓީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލީހުގެ ހުރިހާ މެންބަރުން
މިހެންވެ މިވާހަކަ ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

3 އޭޕްރިލް 2014