އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ނޫސްބަޔާން

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން 2014 ވަނަ އަހަރުގެ މިހާތަނަށް 8 މައްސަލައެއް ނިންމާފައިވާނެއެވެ. އެއީ ވިޕްލައިނާ ހިލާފްވި ރައްޔިތުންގެ މަޖިލީހުގެ 7 މެންބަރުންގެ މައްސަލައާއި، މާފަންނު ހުޅަނގުދާއިރާގެ ހިންގާ ކޮމެޓީގެ ސެކްޓަރީ، ޕާޓީގެ ޓިކެޓުން ބޭރުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރިމައްސަލައެވެ. މިމައްސަލަތައް ނިންމި ގޮތުގެ ރިޕޯޓް މިބަޔާނާއެކު ހާމަކޮށްފައިއެވަނީއެވެ.

މިވަގުތު މިކޮމެޓީގައި އިތުރު 3 މައްސަލައެއްވެއެވެ. އެއީ ވިލިމާލެ ދާއިރާއާއި، ހުޅުމީދޫ ދާއިރާއާއި، ދާންދޫ ދާއިރާއިން ހުށަހަޅާފައިވާ މައްސަލަތަކެކެވެ. އަދި މިމައްސަލަތައް ނިންމާ ދެދުވަހެއްގެ ތެރޭގައި ހާމަކުރާނެއެވެ.
17 މާރޗް 2014
ފިޔަވަޅުއަޅާކޮމެޓީގެ މުޤައްރިރު: ހާމިދު އަބުދު ޢަފޫރު

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ އިއުލާނު

ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެމްބަރަކަށް ހުރެ އަމިއްލަ ގޮތުން މާފަންނު ހުޅަނގު ދާއިރާއަށް ކުރިމަތިލާފައިވާ އަބްދުﷲ ބަދީޢުގެ މައްސަލަ ނިންމިގޮތުގެ ތަފްސީލު

ވިޕްލައިނާއި ޚިލާފުވި 6 މެމްބަރުނެގެ މައްސަލަ ނިންމި ގޮތުގެ ތަފްސީލު

އެމްޑީޕީ ވިލިމާފަންނު ދާއިރާގެ ނައިބު ރައީސަކަށްވެ ހުރެ ޕާޓީ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމުމުގެ ބަދަލުގައި ޕާޓީ މެމްބަރާއި ދެކޮޅަށް ކެމްޕެއިންކޮށް ޕީޕީއެމް ކެންޑިޑޭޓަށް ތާއީދުކުރަމުން ގެންދާ މައްސަލަ