އއ އުކުޅަހުގައި ރިޝްވަތާއި ދެކޮޅަށް އަޑުއުފުލި މި ޕާޓީއަށް ތާއީދުކުރާ ބަޔަކު ހައްޔަރު ކުރިކުރުން ކުއްވެރިކުރުން

noosbayan

މާޗް 22 ގައި ބޭއްވުމަށް އިލެކްޝަން ކޮމިޝަނުން ނިންމަވާފައިވާ 18 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބު ކުރުމަށް މިޕާޓީން ކުރަމުންދާ ކެމްޕެއިނަށް ހުރަސްއެޅުމަށް އިދިކޮޅު ފަރާތްތަކުން ރަވާހިންގަމުންދާ ނާތަހުޒީބު އަމަލުތައް އެއްމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.
އއ އުކުޅަހުގައި އިންތިޚާބައް ނުފުޒު ފޯރުވުމަށް މަހުޖަނު ގާސިމްއިބްރާހިމް ރިޝްވަތު ފައިސާ ބަހަމުންދާކަމަށްބުނެ އެރަށުގެ ރައްޔިތުންގެ ތެރެއިން އިންސާފަށް ލޯބިކުރާ މިޕާޓީއަށް ތާއީދުކުރާ ބަޔަކު ނިކުމެ އިހްތިޖާޖްކުރަމުންދަނިކޮށް އޭގެތެރޭގައިތިބި ވަކި ބަޔަކު ފާހަގަކޮށް ހައްޔަރުކޮށްފައިވާކުރުން މިޕާޓީން ކުށްވެރިކުރަމެވެ.
ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބި ދީފައިވާ ހައްގު ތަކުގެ އިމުގެ ތެރޭގައި ތިއްބާ އެ ހައްގުތައް ނިގުޅައިގަނެ، މަހުޖަނު ގާސިމް އިބްރާހިމްގެ ރިޝްވަތާއި ނުފޫޒަށް ތަންދީ އަދި ކަނޑު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ޚިލާފަށް ޖުމްހޫރީ ޕާޓީގެ ކެނޑިޑޭޓް ލޯންޗެއްގައި މީހުން އުފުލުމަށް ފުރުސަތުދީ ހިންގި އަމަލުތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫނެވެ. އަދި މި އަމަލު ތަކަކީ އެމްޑީގެ ކެމްޕެއިންނަށް ހުރަސްއަޅާ ހީނަރުކުރުމަށް ގަސްތުގައި ހިންގާފައިވާ އަމަލުތަކެއް ކަމުގައި މިޕާޓީން ދެކެމެވެ.

މި ޕާޓީގެ ކެމްޕެއިން ހުށްޓުވާ ކެނޑިޑޭޓުންނަށް ހުރަސް އެޅުމަށް މުސްތަގިއްލު އިދާރާތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ރާވާ ހިންގަމުން ގެންދާ ޑިމޮކްރަސީއާއި ދުރު މިފަދަ އަމަލުތައް ވަގުތުން ހުށްޓާލާ ތަހުޒީބީ ރިވެތި އުސޫލުން އިންތިހާބުގައި ވާދަކުރުމަށް ގޮވާލަމެވެ.
އަދި ނުފޫޒާއި ބިރުދެއްކުމުން އިންތިހާބު ހަރާބުކުރުމަށް ކުރަމުންގެންދާ މަސައްކަތުން މިޕާޓީގެ ދުވެލި މަޑުވެ ނުދާނެ ކަމުގައިވެސް ދަންނަވަމެވެ.
އެމްޑީޕީން އިންސާފުވެރި އިންތިހާބެއް ހޯދުމަށް ކުރަމުންދާ މަސައްކަތައް މިފަދަ ހުރަސްތަކުން ކުޑަވެސް ލޮޅުމެއް ނާއްނާނެވާހަކަ ދަންނަވަމެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް