އެމް.ޑީ.ޕީގެ ފަރާތުން 2014 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާނެ ކެންޑިޑޭޓުން ހޯދުމަށް ބޭއްވި ޕްރައިމަރީގައި ވާދަކުރައްވާ ކުރި ހޯއްދެވި ބޭފުޅުންނާއި އަދި ޕާޓީގެ ޓިކެޓް ލިބިވަޑައިގެންނެވި އެމް.ޑީ.ޕީގެ ކެންޑިޑޭޓުން ވަނީ އާއްމުކޮށް އިއުލާނުކޮށް އަދި އެފަރާތްތަކުގެ އެއްމެހާ ރަސްމީ ލިޔެކިއުންތަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާ އެކޮމިޝަނުން މިޕާޓީގެ ކެންޑިޑޭޓުން ވަނީ ރަސްމީކޮށް ބަލައިގެންފައެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ 85 ގޮނޑީއަށް ހޮވަންބޭނުންވަނީ ޕާޓީގެ މެމްބަރުންގެ ރުހުމާއެކު ޕްރައިމަރީތަށް ކާމިޔާބު ކުރެއްވި ބެފުޅުންނެވެ.
މިއާޚިލާފަށް ބައެއްފަރާތަކުން އެމް.ޑީ.ޕީގެ ނަމުގައި ބައެއްދާއިރާތަކުގައި މަސައްކަތްކުރަމުންދާތީ ޕާޓީގެ މެމްބަރުންގެ ކަންބޮޑުވުން ފާޅުކުރަމުން ދިޔުމާއި އެކު އެފަދަކަންކަން ކުރާފަރާތްތަކުން އެކަންކަން ވަގުތުން ހުށްޓާލުމަށް ދަންނަވަމެވެ. އަދި ޕްރައިމަރީ ނާކާމިޔާބުވުމުން އަމިއްލަ ގޮތުން ނިކުންނަވާ ޕާޓީގެ ކެނޑިޑޭޓާއި ވާދަކުރެއްވުމަކީ މި ޕާޓީގެ އަސާސީގަވާއިދާއިވެސް ޚިލާފު ކަމެއްކަމުގައި ދަންނަވަމެވެ. އަދި ޕާޓީގެ ކުލަޔާ ރަސްމީ ލޯގޯ އާއި މިއިންތިޚާބުގައި ޕާޓީން ބޭނުންކުރާ ހުރިހާ ޝިޔާރުތަށް ބޭނުންކޮށްގެން ކެމްޕޭން ކުރުމުގެ ފުރުސަތު ހަމައެކަނި އޮންނާނީ އެމް.ޑީ.ޕީގެ 85 ކެންޑިޑޭޓުންނަށް ކަމުގައި ދަންނަވަމެވެ.
އަދި ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި ބައެއް ފަރާތްތަކުންނާއި ޕާޓީގެ ބައެއް މެމްބަރުން އަމިއްލަ ގޮތުން މަޖްލިސް އިންތިހާބާށް ކުރިމަތިލައްވާ ޕާޓީގެ ނަމާއި ލޯގޯ އަދި ކުލަޔާއި މިޕާޓީގެ އެހެނެހެން ކެމްޕޭނު މެޓީރިއަލް ބޭނުންކުރައްވައިގެން ކެންޕޭންކުރައްވާކަމުގެ ޝަކުވާ ލިބިފައިވާތީ އެމައްސަލަތަށް ޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ފޮނުވާފައިވާކަންވެސް ދަންނަވަމެވެ.