ބާރުވެރިވާނެ ކައުންސިލަރުންނަށް މަރުޙަބާ

މިއަދު ފެށުނު ލޯކަލް ކައުނސިލްތަކުގެ އާދައުރަށް އިންތިޚާބްވެފައިވާ އެމް.ޑީ.ޕީ ގެ ކައުންސިލަރުންނަށް މަރުޙަބާ ކިޔުން ބާއްވާގޮތަށް އެމް.ޑީ.ޕީ އިން ނިންމައިފިއެވެ. މި ގޮތުން ކައުންސިލްތަކަށް އިންތިޚާބްވެފައިވާ 461 އެމް.ޑ.ޕީ ގެ މެމްބަރުންނަށް މަރުޙަބާ ކިޔުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 11.00 ގައި އެމް.ޑީ.ޕީ. ގެ އޮފީހުގައި އެކަމަށް ބޭއްވޭ ޙާއްސަ ފޯން ކޮންފަރެންސެއް މެދުވެރިކޮށެވެ. މި ރަސްމިއްޔާތުގައި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ފޯން މެދުވެރިކޮށް ކައުންސިލްމެމްބަރުންނާއި ބައްދަލުކުރުން އޮންނާއެވެ. މި ބައްދަލުވުގައި ރާއީސް ނަޝީދާއި، ޗެއާރޕާސަން މޫސާ މަނިކުގެ އިތުރުން ޕާޓީގެ ލީޑަރޝިޕް ގެ ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާނެއެވެ. މި ފޯން ކޮންފަރެންސް މާދަމާ ހެނދުނު 11 އިން ފެށިގެން ހަވީރު 3.00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

26 ފެބްރުއަރީ 2014