ރައީސް ނަޝީދު ކެލާ ދާއިރާގެ ކެނޑިޑޭޓާއި ޕެޗް އެޖެންޓުންނާއި މިއަދު ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލިހަށް އެމްޑީޕީގެ ފަރާތުން ކެލާ ދާއިރާ އަށް ކުރިމަތިލައްވާ އިބްރާހިމް ޝަރީފް އާއި އެބޭފުޅާގެ ޕެޗް އެޖެންޓުންނާއި ރައީސް ނަޝީދު މި އަދު ބައްދަލުކުރައްވައިފިއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު 12:00 ގައި އޮތް ކެމްޕެއިން ބައްދަލުވުމުތެރެއިން ކޮންފަރެންސްކޯލް މެދުވެރިކޮށް ހއ ކެލާގައި ތިއްބެވި ޕެޗް އެޖެންޓުންނާއި ރައީސް ނަޝީދު ވަނީ ކެމްޕެއިންގެ ކަންކަމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ހުރިހާ ޕެޗް އެޖެންޓުންނާއި ވަކިވަކިން ވާހަކަފުޅުދައްކަވާ އެރަށުގެ ޑޯޓުޑޯ މިހާރު ކުރިޔަށް ގޮސްފައިވާ ވަރާއި ނިންމޭނެ އިރާއި ޑޯޓުޑޯގައި އޮޅުންފިލުވިފައިވާ މައުލޫމާތު ރައީސް ނަޝީދު ވަނީ ހޯއްދަވާފައެވެ. އަދި އިތުރަށް އެރަށުގެ ކެމްޕެއިން ހަރަކާތްތައް ކުރިޔައްގެންދާނެ ގޮތުގެ ލަފާފުޅު ޕެޗް އެޖެންޓުންނަށް ވަނީ އަރުވާފައެވެ.
ކެލާގެ އިތުރުން ބާރަށު ދާއިރާގެ ކެނޑިޑޭޓް މުހައްމަދު ޝިފާޒު އާއި އެބޭފުޅާގެ ޓީމާވެސް މިއަދު ރައީސް ނަޝީދުވަނީ ކޮންފަރެންސް ކޯލް މެދުވެރިކޮށް ބައްދަލްކުރައްވާ މަޝްވަރާ ކުރައްވާފައެވެ.