އިއުލާން:5 ފެބްރުއަރީ 2014 ވަނަ ދުވަހު ބާއްވަން އިއުލާންކުރި ކާށިދޫ ދާއިރާ ގެ ޕްރައިމަރީ ބާތިލްކުރުން

MDP/2014/I-010

5 ފެބްރުއަރީ 2014 ވަނަ ދުވަހު ބާއްވަން އިއުލާންކުރި ކާށިދޫ ދާއިރާ ގެ ޕްރައިމަރީ ބާތިލްކުރުން

ރައްޔިތުން މަޖިލިސް 2014 އެމްޑީޕީ ޕްރައިމަރީ ކ ކާށިދޫ ދާއިރާ ގެ ޕާޓީ ޓިކެޓް އެދާއިރާގެ މިހާރުގެވެސް މެންބަރު ޢަބްދުﷲ ޖާބިރު އަށް ލިބިފައިވަނިކޮށް މިޕާޓީގެ ފިޔަވަޅު އަޅާކޮމެޓީން އެޓިކެޓް އަތުލުމުން އަލުން އެދާއިރާގެ ޕްރައިމަރީ ބޭއްވުމަށް އިއުލާންކޮށްފައިވަނިކޮށް މިޕާޓީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލިސް އިން ޢަބްދުﷲ ޖާބިރު އާއިމެދު މިޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީންފިޔަވަޅު އަޅާފައިވަނީ އެކޮމެޓީއަށް ލިބިފައިވާ ބާރުގެ ބޭރުން ކަމަށް ނިންމާފައިވާތީ ކާށިދޫ ދާއިރާ އަށް އަލުން ޕްރައިމަރީއަށް ހުޅުވާލާ ކުރި މިޕާޓީގެ ނަންބަރު MDP/2014/I-007 އިއުލާން ބާތިލްކުރިކަން އާއްމުކޮށް އަންގާ ޢިއުލާން ކުރީމެވެ.

4 ފެބްރުއަރީ 2014