އިއުލާން:ރައްޔިތުންގެ މަޖިލިސް 2104 އެމްޑީޕީ ޕްރައިމަރީ ހދ ނޮޅިވަރަމް ދާއިރާ އަލުން ހުޅުވާލުން

MDP/2014/I-009

ރައްޔިތުންގެ މަޖިލިސް 2104 އެމްޑީޕީ ޕްރައިމަރީ ހދ ނޮޅިވަރަމް ދާއިރާ އަލުން ހުޅުވާލުން

ރައްޔިތުން މަޖިލިސް 2014 އެމްޑީޕީ ޕްރައިމަރީ ހދ ނޮޅިވަރަމް ދާއިރާއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލި ވާހަކަ އާއްމުކޮށް އިއުލާން ކުރީމެވެ. ވީމާ މިދައިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު 6 ފެބްރުއަރީ 2014 ވާ ބުރާސްފަތިދުވަހުގެ މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލުން ނަމަ ކުލަކޮށް ސްކޭންކުރުމަށްފަހު PDF ފޯމެޓްގައި elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. މިދާއިރާގެ ޕްރައިމަރީ ބާއްވަންޖެހިއްޖެނަމަ ޕްރައިމަރީ ބާއްވާނީ 7 ފެބްރުއަރީ 2014 ވާ ހުކުރު ދުވަހު އެވެ. އަދި ދަންނަވަމެވެ، މިޕްރައިމަރީ އަށް ކުރިމަތިލައްވާ މެންބަރުން ޕްރައިމަރީއަށް ކުރިމަތިލެއްވުމަށްފަހު ލަސް ނުކުރައްވާ އިލެކްޝަންސް ކޮމިޝަން އަށް ހުށައަޅަންޖެހޭ ޤާނޫނީ ފޯމްތައް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.

4 ފެބްރުއަރީ 2014