އަލްހާން ފަހުމީ އަށް ދިން ނުރައްކާތެރި ހަމަލާ ކުށްވެރިކޮށް އެމް.ޑީ.ޕީ އިން ނެރޭ ނޫސް ބަޔާން

noosbayan

އެމް.ޑީ.ޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރ ސ. ފޭދޫ ދާއިރާގެ މަޖިލީހުގެ މެންބަރު އަލްހާން ފަހުމީ އަށް ރޭގަ ބަޔަކު މީހުން ގަސްތުގައި ތޫނު އެްޗަކުން މަރުގެ ހަމަލާއެއްދީ ވަރަށް ބޮޑަށް ޒަޙަމްކޮށްލާފައި ވާތީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އިން އެއަމަލު އެންމެ ހަރުއަޑުން ކުށްވެރިކުރަމެވެ.
ރޭއިރާކޮޅު ކެފޭއެއްގަ އެހެން ބަޔަކާއެކު އަލްހާން ފަހުމީ އިންނަވަނިކޮށް، އެތަނަށް ކުއްލިއަކަށް ބަޔަކު މީހުން ވަދެ އަލްހާން ފަހުމީ އަށް ހަމަލާދީ ޒަޙަމް ކޮށްލާފައިވަނީ ގަސްތުގަ ކުރިން ރާވައިގެން ކަމަށް ބެލެވެއެވެ. އަދި ގިނަ ބައެއްގެ ކުރިމަތީގައި އެފަދަ ޖެހިލުންކުޑަ، ނުރައްކާތެރި މަރުގެ ހަމަލާ ދެމުންދާ ދިއުމުންވެސް ގައުމުގައި އަނިޔާވެރިކަން އާއްމުވެ، އިންސާފު ގެއްލިފައިވާ މިންވަރު ހާމަވެގެންދެއެވެ. އަލްހާން ފަހުމީ އަށް މިމަރުގެ ހަމަލާދީ ދީ ޒަޙަމްކޮއްލި މައްސަލަ މިހާރުން މިހާރަށް ތަޚްޤީޤުކޮށް، އެނުރައްކާތެރި އަމަލު ހިންގި ބަޔަކަށް ހައްޤު އަދަބު ދިނުމަށް މިޕާޓީ އިން ގޮވާލަމެވެ. އަދި އަލްހާން ފަހުމީ އަށް އަވަސް ޝީފާއަކަށް އެދި ދުއާކުރަމެވެ.

ބޔާން ނެރުނި: އެމް.ޑީ.ޕީ ސެކްރެޓޭރިއެޓް