MDP/2014/I-007
ރައްޔިތުންގެ މަޖިލިސް 2104 އެމްޑީޕީ ޕްރައިމަރީ ކާށިދޫ ދާއިރާ އަލުން ހުޅުވާލުން
ރައްޔިތުން މަޖިލިސް 2014 އެމްޑީޕީ ޕްރައިމަރީ ކާށިދޫ ދާއިރާއަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލި ވާހަކަ އާއްމުކޮށް އިއުލާން ކުރީމެވެ. ވީމާ މިދައިރާއިން އެމްޑީޕީ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވަން ބޭނުންފުޅުވާ މެންބަރުން ޕާޓީގެ ވެބްސައިޓްގައިވާ “ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށައަޅާ ފޯމް” ފުރިހަމަކޮށް އެފޯމާއެކު ހުށައަޅަންޖެހޭ ތަކެއްޗާއެކު 3 ފެބްރުއަރީ 2014 ވާ ހޯމަދުވަހުގެ މެންދުރު 12:00 ގެ ކުރިން އެމްޑީޕީގެ ސެކްރެޓޭރިއަޓް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލުން ނަމަ ކުލަކޮށް ސްކޭންކުރުމަށްފަހު PDF ފޯމެޓްގައި elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ، މިޕްރައިމަރީ އަށް ކުރިމަތިލައްވާ މެންބަރުން ޕްރައިމަރީއަށް ކުރިމަތިލެއްވުމަށްފަހު ލަސް ނުކުރައްވާ އިލެކްޝަންސް ކޮމިޝަން އަށް ހުށައަޅަންޖެހޭ ޤާނޫނީ ފޯމްތައް ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ.
28 ޖެނުއަރީ 2014