30 ޑިސެމްބަރ 2013 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާގައި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ބައެއް މެމްބަރުން ޕާޓީގެ ވިޕްލައިނާއި ޙިލާފުވުމާއިގުޅިގެން ފިޔަވަޅުއަޅާ ކޮމިޓީން އެޅި ފިޔަވަޅުތައް

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ޕާޓީގެ ވިޕްލައިނާ ޚިލާފަށް ވޯޓުދެއްވި މައްސަލަ އެއް 7 ޖެނުއަރީ 2014 ގައި ފިޔަވަޅުއަޅާ ކޮމިޓީ އަށް ލިބިފައިވެއެވެ. އަދި 23 ޖެނުއަރީ 2014 ގައި ހުރިހާ މައްސަލަތައް ނިންމާ ޕާޓީގެ ސެކެޓޭރިއެޓާ ހަވާލުކުރެވިފައިވާނެއެވެ.
ޕާޓީން އެހާތަނަށް އަމިއްލަފުޅަށް ވަކިވެވަޑައިގެންފައިވާ 2 މެމްބަރުން ކަމުގައިވާ ހިތަދޫ މެދު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު މުޙަންމަދު ރަޝީދު އާއި ހޯރަފުށީ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ރަޝީދު މިޕާޓީއަށް އަބުރާ ވެދެވަޑައިގަންނަވަން އެދިވަޑައިގަންނަވާނަމަ، މެމްބަރުންގެ ކިބައިން މާއާފަށް އެދިވަޑައިގަތުމުގެ އިތުރުން ގޮތްޕެއްގެ މިންވަރުކަމުގައިވާ 50 މެމްބަރުން ޕާޓީއަށް ހޯއްދަވާދެއްވުން ހިމެނެއެވެ.

މިހާތަނަށް ޕާޓީން ވަކިވެވަޑައިނުގަންނަވާ، އެހެންނަމަވެސް ޕާޓީގެ ޕްރިމަރީއަށް ކުރިމަތިނުލައްވާ ތިއްބެވި 2 މެމްބަރެއްވެއެވެ. އެއީ މާފަންނު ހުޅަގު ދާއުރާގެ ޢިއްޒަތްތެރި މެމްބަރު އަބްދުﷲ އަބްދުއްރަޙީމް އާއި ގައްދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޒާހިރު އާދަމް އެވެ. މި އިއްޒަތްތެރިމެމްބަރުންނަށް ވިޕްލައިނާއި ތަކުރާރު ނު ވުމަށް ނަސޭހަތްތެރިވެ، ކުރިއަށްއޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ތާރީޙުގެ ނިޔަލަށް މެމްބަރުކަމުން ސަސްޕެންޑްކުރުމާއި، 30 ޖެނުއަރީ 2014 ގެކުރިން މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމާއި އަދި މައާފަށް އެދިވަޑައިގަންނަވާ ތާރީޙުންފެށިގެން 3 އަހަރުގެ މުއްދަތަށް ޕާޓީގެ އެއްވެސް މަގާމަކަށް، އަދި އޮވެދާނެ ޕްރައިމަރީއެއްގައިވެސް ބައިވެރިނުވެވޭގޮތަށް ފިޔަވަޅުއަޅާފައިވާނެއެވެ.

ވިޕްލައިނާއި ޙިލާފުވެވަޑައިގެންނެވިއިރު، ޕާޓީގެ ކުރިއަށްއޮތް މަޖިލިސް ގޮޑިއަށް ޓިކެޓްލިބިވަޑައިގެންފައިވާ ދެ ޢިއްޒަތްތެރިމެމްބަރުން ވެއެވެ. މިދެމެމްބަރުންގެ ތެރެއިން ކާށިދޫދާއިރާގެ އިއްޒަތްތެރިމެމްބަރު އަބްދުﷲ ޖާބިރު 30 ޖެނުއަރީ 2014 ގެ ނިޔަލަށް މެމްބަރުގެކިބައިން މައާފަށް އެދިވަޑައިގެންނެވުމާއި، ޕާލިމެންޓަރީގްރޫޕްގައި މިހާރު އަދާކުރައްވަމުންގެންދަވާ އިންތިހާބީ މަގާމްތަކުން ވަކިކުރުމާއި، މެމްބަރު ހުންނެވި އިންތިހާބީދާއިރާގެ ޕާޓީޓިކެޓް މެމްބަރަށް ކުރިމަތިލެއްވޭ ގޮތަށް ހުޅުވާލަން ނިންމާފައިވާނެއެވެ. އަދި މިލަންދޫދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ ރިޒާ 30 ޖެނުއަރީ 2014 ގެކުރިން ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިވަޑައިގެންނެވުމާއި، މިފަދަ އަމަލެއް ތަކުރާރުނުކުރެއްވުމަށް ނަސޭހަތްތެރިވެފައިވާނެއެވެ.

27 ޖެނުއަރީ 2014