އިޢުލާން: ފުވައްމުލަކު ދެކުނު ދާއިރާގެ 2 ކެނޑިޑޭޓަކު ނަން އަނބުރާ ގެންދިއުން

ނަމްބަރ:MDP/2014/I-006

ރައްޔިތުންގެ މަޖްލިސް އެމް.ޑީ.ޕީ ޕްރައިމަރީގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރުމަށް ކުރިމަތިލެއްވި 3 ކެނޑިޑޭޓުންގެ ތެރެއިން ކެނޑިޑޭޓް ނަމްބަރ 1 އަޙުމަދު އަލީ ، ދޮށިމޭނާގެ، ދޫޑިގަމް،ޏ.ފުވައްމުލައް އަދި ކެންޑިޑޭޓް ނަމްބަރ 3 އަޙުމަދު ނަޝީދު އައިސްގެ/ދޫޑިގަމް.ޏ.ފުވައްމުލަކު އެ ދެ ފަރާތުގެ ނަން އަނބުރާ ގެންދިއަކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ. މި ދެފަރާތުގެގެ ނަން އަނބުރާ ގެންދިއުމުން މި ދާއިރާގައި ދެން ވާދަކުރައްވަނީ އެންމެ ކެނޑިޑޭޓެއް ކަމަށްވުމުން އެ ކެނޑިޑޭޓް ، ކެނޑިޑޭޓް ނަމްބަރ 2 އަބްދުﷲ ނާފިޒް، މަގިވަޑޮދޮރު/ދޫޑިގަމް.ޏ.ފުވައްމުލައް އަށް ޕްރައިމަރީއަކާއި ނުލާ ފުވައްމުލަކު ދެކުނު ދާއިރާގެ ޓިކެޓް ލިބިފައިވާކަން އާއްމުކޮށް އަންގާ އިއުލާންކުރަމެވެ.
27 ޖެނުއަރީ 2014