އިޢުލާން:ރައްޔިތުންގެ މަޖްލިސް 2014 އެމްޑީޕީ ޕްރައިމަރީ މޮނިޓަރ ކުރުން

ރައްޔިތުންގެ މަޖްލިސް 2014 އެމްޑީޕީ ޕްރައިމަރީ މޮނިޓަރ ކުރުން
ނަމްބަރ:MDP/2014/I-004
24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އެމް.ޑީ.ޕީ ޕްރައިމަރީ މޮނިޓަކުރުމުގެ ފުރުސަތު ރާއްޖޭގެ އެންމެހާ މީޑިއާއަކަށް ހުޅުވާލައިފީމެވެ. މި އިންތިޚާބް މޮނިޓަރކުރުމަށްޓަކައި އިތުރަށް ރަޖިސްޓްރީކުރަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ. ކޮންމެ މިޑީއާއަކުންވެސް އެ މިޑާއާއަކަށް ޚާއްސަކުރެވިފައިވާ ފާސް ދެއްކުމުން އިންތިޚާބް މޮނިޓަކުރުމުގެ އިންތިޒާމް ވޯޓްލާ މަރުކަޒުތަކުގައި ހަމޖެހިފައިވާނެވެ. މި އިންތިޚާބްގެ ވޯޓްލުން އޮންނާނީ 24 ޖެނުއަރީ 2014 ވާ ހުކުރުދުވަހުގެ މެންދުރުފަހު 2.30 އިން ރޭގަނޑު 8.00 އަށް މާލެގައި ދަރުބާރުގޭގަޔާއި ރަށްރަށުގެ އެމް.ޑީ.ޕީ ހަރުގެ ތަކުގައެވެ.
22 ޖެނުއަރީ 2014