ފިޔަވަޅުއަޅާކޮމެޓީއަށް ޝަމާޢު ޝަރީފް ހުށަހެޅުއްވި މައްސަލަ އެކޮމިޓީއިން ބަލަންފަށައިފި

މާފަންނު ހުޅަނގު ދާއިރާއިން ލޯކަލް ކައުންސިލް އިންތިޚާބުގައި މިޕާޓީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކަށް ޝަމާޢު ޝަރީފް ހޮވިފައިވަނިކޮށް، މިޕާޓީގެ މެންބަރެއް ކަމަށްވާ އަބްދުﷲ ބަދީޣު، ގ. ރޭނިސް (އައި.ޑީ ނަންބަރ: A040684) ޕާޓީގެ ނިންމުމާއި ޚިލާފަށް، އަމިއްލަ ގޮތުން ކައުންސިލް އިންތިޚާބުގައި ބައިވެރިވެ، ވާދަކުރުމަށް ކެންޕޭން ކުރަމުންދާކަމަށް، ފިޔަވަޅުއަޅާކޮމެޓީއަށް ޝަމާޢު ޝަރީފް ހުށަހެޅުއްވި މައްސަލަ މިއަދު ކޮމެޓީއަށް ބަލައިގަނެ ވަނީ އެމައްސަލަ ބަލަންފަށާފައެވެ.