އިއުލާން:ރައްޔިތުން މަޖްލިސް ޕްރިއިމަރީގައި ވޯޓްލާތަން ރަޖިސްޓްރީކުރުން

MDP/2014/I-001

ރައްޔިތުން މަޖްލިސް ޕްރިއިމަރީގައި ވޯޓްލާތަން ރަޖިސްޓްރީކުރުން

24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އެމްޑީޕީ ޕްރައިމަރީގައި ވޯޓްލެވޭނީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން އެ މެމްބަރެއްގެ ދާއިމީ އެޑްރެސް ހިމެނޭ ރަށުގައި ބެހެއްޓޭ ވޯޓްފޮއްޓަށް ނުވަތަ މާލެގައި އެދާއިރާއަކަށް ޚާއްސަކުރެވިފައި ވޯޓްފޮއްޓަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މެމްބަރުންގެ ތެރެއިން އެ މެމްބަރެއްގެ ދާއިމީ އެޑްރެސް އޮންނަ ތަނަކަށް، ނުވަތަ މާލޭގައި ބަހައްޓާވޯޓް ފޮށްޓަށް ވޯޓްލެވޭނީ 18 ޖެނުއަރީ 2014 ގައި ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބްގައި އެ މެމްބަރަކު ވޯޓްލާތަނުގޮތުގައި ދާއިމީ އެޑްރެސް ހިމެނޭރަށަށް ނުވަތަ މާލޭގައި ވޯޓުލުމަށް އިލެކްޝަން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންނަށެވެ.
18 ޖެނުއަރީ 2014 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބްގައި ވޯޓްލާތަން ނޫން އެހެންތަނަކަށް ރައްޔިތުން މަޖްލިސް އެމްޑީޕީ ޕްރައިމަރީގައި ވޯޓްލުމަށް ބޭނުންވާ މެމްބަރުން މިޕާޓީގެ ވެބްސައިޓްގައި ވާ “ވޯޓްލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރަށް ބަދަލުކުރުމަށް އެދޭ ފޯމް” ފުރުމަށް ފަހު 15 ޖެނުއަރީ 2014 ވަނަ ދުވަހުގެ މެންދުރުފަހު 12.00 އިން ކުރިން އެމްޑީޕީ އޮފީސް ހ.ޝަރާޝާ ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުމަށް ދަންނަވަމެވެ. އީމޭއިލުންނަމަ elections@mdp.org.mv އަށް ޕީ.ޑީ.އެފް ފޯމެޓްގައި މި މުއްދަތުގައި އީމެއިލްކުރުމަށް ދަންނަވަމެވެ.

07 ޖެނުއަރީ 2014

ވޯޓްލުމަށް ރަޖިސްޓަރީ ކޮށްފައިވާ ރަށް ބަދަލުކުރުމަށް އެދޭ ފޯމް