އިއުލާނު: ކެންޑިޑޭޓުގެ މަންދޫބުން ހަމަޖެއްސުން

MDP/2013/I-040

24 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މަންދޫބުން ހަމަޖެއްސުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ. ވީމާ މިކަމަށް އެދޭ ކެންޑިޑޭޓުން މިއަދުން ފެށިގެން 5 ޖެނުއަރީ 2014 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން ޕާޓީ ވެބްސައިޓްގައި އާއްމުކޮށްފައިވާ “ކެންޑިޑޭޓުންގެ މަންދޫބަކަށްވުމަށް އެދޭފޯމް” ފުރިހަމަކުރުމަށްފަހު ޕާޓީގެ މައި ސެކްރެޓޭރިއަޓް (ހ.ޝަރާޝާ ސޯސަންމަގު) ގްރައުންޑްފްލޯރ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާ ނަމަ މުއްދަތު ހަމަވުމުގެ ކުރިން ފޯމް ސްކޭން ކުރުމަށްފަހު PDF ފޯމެޓްގައި elections@mdp.org.mv އަށް އީމެއިލް ކުރެއްވުން އެދެމެވެ.

29 ޑިސެމްބަރ 2013

ކެންޑިޑޭޓުގެ މަންދޫބަކަށްވުމަށް އެދޭފޯމް
ކެންޑިޑޭޓުގެ މަންދޫބުގެ ސުލޫކީ މިންގަނޑު