ރައްޔިތުންގެ މަޖްލިސް ޕްރިމަރީގެ އިންތިހާބާބެހޭ ކޮމްޕްލެއިންޓްސް ކޮމިޓީ އުފައްދައިފި

މިހާރު ޢަމަލުކުރަމުންދާ އެމް.ޑީ.ޕީ އިންތިޚާބްތަކާބެހޭ ޤަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުގެމަތިން ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބް ޕްރައިމަރީ އާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް 3 މެމްބަރުންގެ ކޮމިޓީއެއް އިންތިޚާބާބެހޭ ކޮމިޓީއިން މިއަދު އެކުލަވާލައިފިއެވެ. މި ކޮމިޓީގައި ހިމެނެނީ ޕާޓީގެ ސެކްރެޓޭރިއެޓްގެ ފަރާތުން ޗެއާރޕާސަން ނައިބް އިދާރީ ޢަލީ ޝިޔާމް އާއި، އިންތިޚާބްއާއިބެހޭ ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެމްބަރ އިބްރާހިމް އިހުސާން އާއި، ޤާނޫނީ ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެމްބަރ އަޙުމަދު މައުރޫފްއެވެ. މި ކޮމިޓީ އުފެއްދުމާއިއެކު މިހާރުންފެށިގެން ރައްޔިތުންގެ މަޖްލިސް ޕަރައިމަރީ އާއި ގުޅޭ ޝަކުވާ ތައް ބަލަމުންގެންދާނީ މިކޮމެޓީން ކަމަށް އިންތިޚާބާބެހޭ ކޮމިޓީއިން މަޢުލޫމާތު ދެއެވެ. ޝަކުވާ ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އިންތިޚާބާބެހޭ ކޮމިޓީއިން އެކަމަށް ތައްޔާރުކޮށް ވެބްސައިޓްގައި ޢާއްމުކޮށްފައިވާ ޝަކުވާ ފޯމްފުރުމަށްފަހު ކޮމްޕްލެއިންސް ކޮމިޓީއަށް ހުށައަޅާތާ 48 ގަޑިއިރުތެރޭގައި އެޝަކުވާއެއް ބަލާ ނިމްމަންޖެހޭނެކަމަށް އަލަށް އަމަލުކުރަންފެށި އިންތިޚާބާބެހޭ ޤަވާއިދުގައިވެއެވެ. ޝަކުވާ ހުށައެޅުމާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ހެނދުނު 8.30 އިން ހަވީރު 4.00 ކޮމްލެއިންޓްސް ހޮޓްލައިން 7658363 އަށް ގުޅުއްވުން އެދެމެވެ.
19 ޑިސެމްބަރ 2013