އިއުލާނު: ރައްޔިތުންގެ މަޖްލިސް އިންތިހާބް ޕްރިމަރީގެ ކޮމްޕްލެއިންޓްސް ކޮމިޓީ

iulaan

ނަމްބަރ: MDP/2013/I036

ރައްޔިތުންގެ މަޖްލިސް އިންތިހާބް ޕްރިމަރީގެ ކޮމްޕްލެއިންޓްސް ކޮމިޓީ

މިހާރު ޢަމަލުކުރަމުންދާ އެމް.ޑީ.ޕީ އިންތިޚާބްތަކާބެހޭ ޤަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުގެމަތިން ކުރިއަށް އޮތް ރައްޔިތުންގެ މަޖްލިސް އިންތިޚާބް ޕްރައިމަރީ އާއި ގުޅިގެން ހުށަހެޅޭ މައްސަލަތައް ބެލުމަށް3 މެމްބަރުންގެ ކޮމިޓީއެއް އިންތިޚާބާބެހޭ ކޮމިޓީއިން މިއަދު އެކުލަވާލައިފިއެވެ. މި ކޮމިޓީގައި ހިމެނެނީ ޕާޓީގެ ސެކްރެޓޭރިއެޓްގެ ފަރާތުން ޗެއާރޕާސަން ނައިބް އިދާރީ ޢަލީ ޝިޔާމް އާއި، އިންތިޚާބްއާއިބެހޭ ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެމްބަރ އިބްރާހިމް އިހުސާން އާއި، ޤާނޫނީ ކޮމިޓީގެ ފަރާތުން އެކޮމިޓީގެ މެމްބަރ އަޙުމަދު މައުރޫފްއެވެ. މި ކޮމިޓީ އުފެއްދުމާއިއެކު މިހާރުންފެށިގެން ރައްޔިތުންގެ މަޖްލިސް ޕަރައިމަރީ އާއި ގުޅޭ ޝަކުވާ ތައް ބަލަމުންގެންދާނީ މިކޮމެޓީން އިންނެވެ. ޝަކުވާ ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން އިންތިޚާބާބެހޭ ކޮމިޓީއިން އެކަމަށް ތައްޔާރުކޮށް ވެބްސައިޓްގައި ޢާއްމުކޮށްފައިވާ ޝަކުވާ ފޯމްފުރުމަށްފަހު ކޮމްޕްލެއިންސް ކޮމިޓީއަށް ހުށައެޅުމުން 48 ގަޑިއިރުތެރޭގައި އެޝަކުވާއެއް ބަލާ ނިންމާނެއެވެ. ޝަކުވާ ހުށައެޅުމާއި ބެހޭގޮތުން މަޢުލޫމާތު ސާފު ކުރެއްވުމަށް ހެނދުނު 8.30 އިން ހަވީރު 4.00 ކޮމްލެއިންޓްސް ހޮޓްލައިން7658363އަށް ގުޅުއްވުން އެދެމެވެ.

19ޑިސެމްބަރ 2013