އިއުލާނު: ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި މާލޭގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް ބަދަލުއައުން

iulaan

ނަމްބަރ: MDP/2013/I035

ރައްޔިތުންގެ މަޖްލިސް އިންތިޚާބުގައި މާލޭގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅިފައިވާ ގޮތަށް ބަދަލުއައުން

2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް އިންތިޚާބްގައި މާލޭގެ 13 ދާއިރާ ބެހިފައިވާ ގޮތައް 17 ޑިސެމްބަރ 2013 ވަނަ ދުވަހު އިލެކްޝަން ކޮމިޝަންއިން ވަނީ ބަދަލުގެނަސް އެކަން އެކޮމިޝަންގެ ވެބްސައިޓްގައި ޝާއިރުކޮށްފައެވެ. މި ބަދަލާގުޅިގެން މި ޕާޓީއިން 24 ޖެނުއަރީ 2014 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖްލިސް 2014 އެމްޑީޕީ ޕްރައިމަރީ އަށް މާލޭގެ 13 ދާއިރާއަށް ކުރިމަތިލުމުގެ ފުރުސަތު 31 ޑިސެމްބަރ 2013 ވާ އަންގާރަ ދުވަހުގެ 2.00 ގެ ނިޔަލަށް އިތުރު ކޮށްފީމެވެ. އަދި މާލޭގެ ދާއިރާތަކަށް މިހާރުކުރިމަތި ލައްވާފައިވާފަރާތަކަށް ވެސް މިއައި ބަދަލާއިއެކު އެ ބޭފެޅަކު ބޭނުންވާ ދާއިރާ ބަދަލުކޮށް އަލުން އެބޭފުޅަކު ބޭނުންވެލައްވާ ދާއިރާއަކަށް ކުރިމަތުލުގެ ފުރުސަތުވެސް ހުޅުވިފައިވާ ވާހަކަދަންނަވަމެވެ.
18 ޑިސެމްބަރ 2013