އިއުލާނު: ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

iulaan

MDP/2013/I-034

ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު މިއަދުން ފެށިގެން 26 ޑިސެމްބަރ 2013 ވަނަ ދުވަހުގެ 12:00 އަށް ހުޅުވާލައިފީމެވެ. މިކަމަށް އެދޭ މިޕާޓީގެ މެންބަރުން އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް އެދޭ ފޯމާއި، ފޯމާޢިއެކު ހުށައަޅަންޖެހޭ ތަކެތި ފުރިހަމަކޮށް މިޕާޓީގެ މައި ސެކްރެޓޭރިއަޓް (ހ. ޝަރާޝާ، ސޯސަން މަގު/މާލެ) ގްރައުންޑް ފްލޯރ އަށް ހުށައެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނަމަ ހުރިހާ ޑޮކިޔުމެންޓް ފުރިހަމަކުރުމަށްފަހު PDFފޯމެޓްގައި ސްކޭންކޮށް elections@mdp.org.mv އަށް އީމެއިލްކުރެއްވުން އެދެމެވެ. މިކަމަށް ކުރިމަތިލުމަށް އެދޭފޯމާއި ތާއީދު އޮތްކަމަށް ސޮއި ކުރާ ލިޔުން މިޕާޓީގެ އޮފީހުގެ ގްރައުންޑް ފްލޯރ އިންނާއި ޕާޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރަން ލިބޭނެ އެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލިމަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 24 ޖެނުއަރީ 2014 ވާ ހުކުރު ދުވަހުއެވެ. އަދި މިޕްރައިމަރީގައި ވޯޓް ލެވޭނީ 19 ޑިސެމްބަރ 2013 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިޕާޓީގެ މެންބަރަކަށް ވުމަށްއެދި ޕާޓީގެ މައި ސެކްރްޓޭރިއަޓް (ހ.ޝަރާޝާ، ސޯސަންމަގު/މާލެ) އަށް ޞައްޙަ މެންބަރޝިޕް ފޯމްގެ އަސްލު ފުރިހަމަކޮށް ހުށައަޅާ ފަރާތްތަކަށެވެ.

10 ޑިސެމްބަރ 2013