އިއުލާނު: ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލުމަށް އެމްޑީޕީ ޕާޓީ ޓިކެޓް ހޯދުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

iulaan

MDP/2013/033

ރައްޔިތުންގެ މަޖިލިހަށް ކުރިމަތިލުމަށް އެމްޑީޕީ ޕާޓީ ޓިކެޓް ހޯދުމަށް އެދޭ ފަރާތްތަކަށް ފުރުސަތު ހުޅުވާލުން

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށައެޅުމުގެ ފުރުސަތު 10 ޑިސެމްބަރ 2013 ން ފެށިގެން 26 ޑިސެމްބަރ 2013 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާ ގޮތަށް ހަމަޖައްސައިފީމެވެ. އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމަށް އެދޭ ފޯމާއެކު އެފަރާތަކުން ކުރިމަތިލުމަށް އެދޭ ދާއިރާއަށް ވޯޓްލުން ޙައްޤުވާ 200 މީހުންގެ ތާއީދު އޮތްކަން އަންގައިދޭ ލިޔުން ހުށައަޅަންވާނެއެވެ. ތާއީދު އޮތްކަމަށް ސޮއި ކުރާ ލިޔުން މިޕާޓީގެ އޮފީހުންނާއި ޕާޓީގެ ވެބްސައިޓުން ޑައުންލޯޑް ކުރަން ލިބޭނެ އެވެ.

އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލިމަށް ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮންނާނީ 24 ޖެނުއަރީ 2014 ވާ ހުކުރު ދުވަހުއެވެ. އަދި މިޕްރައިމަރީގައި ވޯޓް ލެވޭނީ 19 ޑިސެމްބަރ 2013 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިޕާޓީގެ މެންބަރަކަށް ވުމަށްއެދި ޕާޓީގެ މައި ސެކްރްޓޭރިއަޓް (ހ.ޝަރާޝާ، ސޯސަންމަގު/މާލެ) އަށް ޞައްޙަ މެންބަރޝިޕް ފޯމްގެ އަސްލު ފުރިހަމަކޮށް ހުށައަޅާ ފަރާތަތަކަށެވެ.