އިއުލާނު: ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ބަދަލު ގެނައުން

iulaan

MDP/2013/I-032

ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ބަދަލު ގެނައުން

30 ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިއޮތް ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް އެމްޑީޕީގެ ޓިކެޓް ގައި ކުރިމަތިލައްވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީތައް ގިނަ ދާއިރާތަކެއްގެ އެދުމުގެ މަތިން މިހާރުވަނީ ބަދަލު ގެނެވިފައެވެ.

އެހެންކަމުން، މިހާރު 30 ނޮވެމްބަރ 2013 ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދާއިރާތައް ތިރީގައި މިވަނީއެވެ.

1. މާލެ
2. އައްޑޫ ސިޓީ
3. ފުވައްމުލައް
4. ކުޅުދުއްފުށި
5. ހއ. ދިއްދޫ
6. ޅ. ކުރެންދޫ
7. ބ. ތުޅާދޫ
8. ގދ. ފަރެސްމާތޮޑާ

އަދި އިސްވެދެންނެވިފައިވާ ދާއިރާތއް ފިޔަވާ، އެހެން ހުރިހާ ދާއިރާތަކެއްގެ އިންތިހާބު ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 02 ޑިސެމްބަރ 2013 ވާ ހޯމަދުވަހުއެވެ.
ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

29 ނޮވެމަބަރ 2013