އިއުލާނު: ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮބްޒާވް ކުރުމާއި މޮނިޓަރކުރުމަށް ފުރުސަތު ހުޅުވާލުން.

iulaan

MDP/2013/I-031

ރަށު ކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލް ތަކަށް ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮބްޒާވް ކުރުމާއި މޮނިޓަރކުރުމަށް ފުރުސަތު ހޮޅުވާލުން.

30 ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް އެމްޑީޕީގެ ޓިކެޓް ގައި ކުރިމަތިލައްވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އޮބަޒާވްކުރުމަށާއި މޮނިޓަރ ކުރުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިޕްރައިމަރީގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމަށް ބޭނުންވެލައްވާ ޖަމުއިއްޔާތަކާއި އެންޖިއޯސްތަކަށް، ތަމްސީލުކުރާ ފަރާތް އަންގާދޭ ފާހާއި އެކު އޮބަޒާވްކުރުމަށް އާއްމުކޮށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިޕްރައިމަރީގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް މޮނިޓަރކުރުމަށް ބޭނުންފުޅުވާ ނިއުސްއެޖެންސީތަކަށްވެސް ތަމްސީލުކުރައްވާ ފަރާތް އަންގައިދޭ ފާހާއި އެކު މޮނިޓަރކުރުމަށް އާއްމުކޮށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.

މިޕްރައިމަރީގެ ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތަކުގައި މަންދޫބުން ހަރަކާތްތެރިވާން ބޭނުންވެލައްވާ ކެނޑިޑޭޓުން އެބޭފުޅުންގެ މަންދޫބުން އެގޭނޭގޮތައް އައިޑީ ކާޑުގެ ފޮޓޯ ކޮޕީއަކާއި އެކު 29 ނޮވެމްބަރ 2013 ވާ ހުކުރު ދުވަހުގެ މެންދުރުފަހު 1600 ގެ ކުރިން މާލޭގައި ނަމަ މިޕާޓީގެ ސެކްރެޓޭރިއަޓް (ހ.ޝަރާޝާ، ސޯސަންމަގު، މާލެ) އަށް، އަތޮޅުތަކުންނަމަ އެރަށެއްގައި ހުރި މިޕާޓީގެ އިންތިހާބާއިބެހޭ ފޯކަލްޕޮއިންޓަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިވާހަކަ އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮފީހުގެ ނަންބަރު 3340044 ފޯނާއި ގުޅުއްވުން އެދެމެވެ.

28 ނޮވެމަބަރ 2013