އިޢުލާން: ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅާ ޕްރައިމަރީގައި ވޯޓުލުން

ރަށުކައުންސިލްތަކާ، އަތޮޅު ކައުންސިލްތަކާ، ސިޓީ ކައުންސިލްތަކަށް މެންބަރުން ހޮވުމަށް 18 ޖެނުއަރީ 2014 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިލެކްޝަންގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވާ ފަރާތްތަކަށް ވޯޓު ލެވޭނީ 20 ނޮވެމްބަރ 2013ވީ ބުދަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިން ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށެވެ.

އަދި މިގޮތުން 20 ނޮވެމްބަރ 2013ވީ ބުދަ ދުވަހުގެ ކުރިން އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދި ރަށްރަށުގައި ހުންނަ މި ޕާޓީގެ އޮފީސްތަކަށާއި ހަރުގެތަކަށް ހުށަހަޅާފައިވާ ފޯމުތައް ދާއިރާ ރައީސުން މެދުވެރިކޮށް އެމްޑީޕީގެ ރަސްމީ އޮފީސް ހ. ޝަރާޝާއަށް 24 ނޮވެމްބަރ 2013 ވާ އާދީއްތަ ދުވަހުގެ ރަސްމީ ގަޑީގައި ހުށަހަޅުއްވަންވާނެއެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާނޭ ކެންޑިޑޭޓަކު ކަނޑައަޅަން ބައްވާ ޕްރައިމަރީސް އޮންނާނީ 30 ނޮވެމްބަރ 2013 ވާ ހޮނިހިރު ދުވަހުއެވެ.
21 ނޮވެމްބަރ 2013
އެމްޑީޕީ ސެކްރެޓޭރިއަޓް