މަރްޙަބާ ދެންނެވުން:

ޖުމްޙުރީ ޕާޓީ(ޖޭޕީ)ގެ ބައެއް އިސްމެމްބަރުންނާއި ރައީސް ނަޝިދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އާއި ގުޅިވަޑައިގަތުމުން ނުހަނު އިޚްލާސްތެރިކަމާއެކު މަރްޙަބާ ދަންނަވަމެވެ.

މިއަދު އެމްޑީޕިގެ މައި އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުންކަމުގައިވާ ޑރ. އިބްރާހިމް ދީދީ (ޑީޑީ)، ކުރީގެ ޓްރާންސްޕޯރޓް މިނިސްޓަރ ޑރ. އަޙްމަދު ޝަމްހީދު، މާލޭ ސިޓީ ކައުންސިލްގެ މެންބަރު ހަމީދު (ފްލައި) އަދި އެޕާޓީގެ ސްޕޯކްސްޕަރސަން މޫސާ ރަމީޒް ވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ. އަދި ރައީސް ނަޝީދު ސަރުކާރުގެ އިސްލާމިކް މިނިސްޓަރ ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީވެސް މިއަދުވަނީ އެމްޑީޕީއާއި ގުޅިވަޑައިގެންފައެވެ.

އަދި މިބޭބޭފުޅުން އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ މިޕާރޓީން މެދުކެނޑުމެއްނެތި ކުރަމުން މިދާ އިސްލާޙީ މަސައްކަތަށާއި އަދި ޑިމޮކްރަސީއަށްޓަކައި ކުރަމުން މިދާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއްކަން މިވަގުތު ފާހަގަކޮށް އެބޭފުޅުންނަށް ވަރަށް އިޙްލާސްތެރި ޝުކުރެއް ދަންނަވަމެވެ.