ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕީޕީއެމް އަދި ޖޭޕީ އަށް ލިބުނު ނަތީޖާއަށް އެމްޑީޕީއިން މަރްޙަބާ

noosbayan

2013 ނޮވެމްބަރ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ން ހޯދި ކާމިޔާބީއަށް މި ޕާޓީގެ ފަރާތުން މަރުޙަބާއާއި ތަޙްނިޔާ ދަންނަވަމެވެ. އަދި ހަމަ މިއާއެކު 47000ވޯޓާއެކު އިންތިޚާބުގައި 3 ވަނަ ހޯއްދެވި ޖުމްހޫރީ ޕާޓީއަށްވެސް މަރުޙަބާ ދަންނަވަމެވެ.

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިން 11 ނޮވެމްބަރ 2013 ގައި އިންތިޚާބީ އާ ރައީސެއް ހުންނަޖެހޭނޭކަމަށް ބުނުމާއި ޕާޓީ ތަކުން އެއްބަސްވެ އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތަށް އިންތިޚާބުގެ ދެވަނަ ބުރު މާދަމާ ބާއްވަންޖެހޭނެ ކަމުގައިވެސް މި ޕާޓީއިން މި ހިނދު ގޮވާލަމެވެ.

އިންތިޚާބުގެ ދެވަނަ ބުރު މާދަމާ ނުބާއްވައިފިނަމަ އަނެއްކާވެސް ރާއްޖޭގެ ވޯޓު ހައްގުވާ އެންމެންގެ ވޯޓު ލުމުގެ ޙައްގު ނިގުޅައިގަނެ ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ އެ ތާރީޚަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ރައިސުލްޖުމްހޫރިއްޔާއަކު ނުހުރުން އެއީ މިޕާޓީއިން ނުހަނު ކަންބޮޑުވާ ކަމެކެވެ. ވީމާ ޤާނޫނު އަސާސީއަށް އިހްތިރާމް ކުރެއްވުމަށާއި ރައްޔިތުންނަށް އެބައިމީހުންގެ ވޯޓުލުމުގެ ޙައްގު ހޯދައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލަމެވެ.

9 ނޮވެމްބަރ 2013
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް