ރައީސުލްޖުމްހޫރިއްޔާ، ނެދަރލޭންޑްސް ސަފީރާ ބައްދަލުކުރައްވައިފި

17 ސެޕްޓެމްބަރ 2010

netherlands

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ނެދަރލޭންޑްސް ސަފީރު މިސިޒް ލޮއޯނީ މާރގަރީތާ ކޫލަނޫރައާ އިއްޔެ މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާވެފައި އޮތީ ނެދަރލޭންޑްސްގެ އަމިއްލަ ފަރާތްތަކުން ރާއްޖޭގައި އިންވެސްޓްކުރުމާ ބެހޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދު ބައިވެރިވެވަޑައިގެންނެވިއެވެ.