އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައިފި

16 ސެޕްޓެމްބަރ 2010

އަޕަރ ނޯތު ހެލްތު ސަރވިސަސް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑު، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވައިފިއެވެ. ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖައްސަވާފައިވަނީ، ހެންވޭރު މިލާފަރު ޑޮކްޓަރ މުޙަންމަދު އަޙްމަދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ހިކިފިނިފެންމާގޭ ބަދުރުއްދީން ޙަސަނާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ފްލާވަރމީޑް ރަޙްމާ އާދަމާއި، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ހޭޒް ޙަސަން ޢާތިފާއި، މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ މަލަތެރޭގޭ މުޙަންމަދު ޝިމާލާއި، ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ހުސްނުހީނާގޭ އިބްރާހީމް އަޝްރަފާއި، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ އާކާޝް ޢަބްދުލްމުޙައިމިން އިބްރާހީމެވެ.