ނޭޝަނަލް އިލެކްޓްރިކް ގްރިޑެއް ފަރުމާކޮށް ހިންގުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި

15 ސެޕްޓެމްބަރު 2010

ނޭޝަނަލް އިލެކްޓްރިކް ގްރިޑެއް ފަރުމާކޮށް ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން މަޝްރޫޢު އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.
އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިގޮތަށް ނިންމީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަނަރޭޓަރ ބަހައްޓައިގެން ކަރަންޓް ދިނުމުގެ ބަދަލުގައި، ކޭބަލުން ގުޅާލައިގެން އިންޖީނުގެ މަދުކޮށްގެން އަދި އިކޮނޮމީ އޮފް ސްކޭލް ހޯދައިގެން ހިންގުމުން، މިހާރަށްވުރެ ހެޔޮ އަގެއްގައި ޢާންމުންނަށް ކަރަންޓް ދެވިދާނެ ކަމަށް ވަޒީރުންގެ މަޖިލީހަށް ފެނިވަޑައިގަންނަވާތީއެވެ.