“ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރުން 23 ސަރަހައްދުގައި މިއަދު އޮންނާނެ

ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރުން 23 ސަރަހައްދުގައި މިއަދު (2 ނޮވެމްބަރ 2013 – ހޮނިހިރު)އޮންނަގޮތަށް ވަނީ ހަމަޖެހިފައެވެ .މިއަދު ހަވީރު4:30 ހދ. ކުޅުދުއްފުށީގައި “ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙްކުރެއްވުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދު ކުރިޔަށް ގެންދަވާ ވަގުތާ އެކުއެކީ އަނެއް 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙްކުރުން ކުރިއަށްދާނެއެވެ. އަދި މި 22 ސަރަހައްދުގައި މި ކެމްޕެއިން އިފްތިތާޙްކޮށްދެއްވާނީ އެމްޑީޕީ އަދި ޑީއާރޕީގެ މަޖިލިސް މެމްބަރުންނެވެ.

މިގޮތުން މި ކެމްޕެއިން އިފްތިތާޙްކުރުމަށް ކަނޑައަޅާފައިވާ ސަރަޙައްދުތަކަކީ: ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ށ. ކޮމަންޑޫ، ނ. މަނަދޫ، ރ. އިންނަމާދޫ، ބ. އޭދަފުށި، ޅ. ހިންނަވަރު، ކ. މާފުށި، އއ. ފެރިދޫ، އދ. މަހިބަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ފީއަލި، ދ. ބަނޑިދޫ، ތ. ކިނބިދޫ، ލ. ގަން، ގއ. ވިލިނގިލި، ގދ. ތިނަދޫ، ޏ. ފުވައްމުލައް، އައްޑޫސިޓީ. ފޭދު، މާލެސިޓީ، އިންޑިއާގެ ޓްރިވެންޑްރަމް އަދި މެލޭޝިޔާގައެވެ.

“ވޯޓުން އުފާވެރިކަން” ކެމްޕެއިން އިފްތިތާޙް ކުރާ ޙަފްލާއަށް އަތޮޅުތަކުގެ އެންމެހާ ރައްޔިތުންނަށް އެރައްޔިތަކު ދިރިއުޅޭ އަތޮޅުގެ މި ކެމްޕެއިން އިފްތިތާޙް ކުރާ ރަށުގަ ބާއްވާ ޙަފްލާއަށް ރައީސް މުޙައްމަދު ނަޝީދު ވަނީ ދަޢުވަތު އަރުވާފައެވެ.