މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުލްރަޙީމަށް މަރްޙަބާ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ އަބްދުﷲ އަބްދުލްރަޙީމް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އާއި ގުޅިވަޑައިގަތުމުން ނުހަނު އިޚްލާސްތެރިކަމާއެކު މަރްޙަބާ ދަންނަވަމެވެ.

އަބްދުﷲ އަބްދުލްރަޙީމް އެމްޑީޕީއާ ގުޅިވަޑައިގަތުމަކީ މިޕާރޓީން މެދުކެނޑުމެއްނެތި ކުރަމުން މިދާ އިސްލާޙީ މަސައްކަތަށާއި އަދި ޑިމޮކްރަސީއަށްޓަކައި ކުރަމުން މިދާ މަސައްކަތަށް ލިބިގެންދާ އިތުރު ހިތްވަރެއްކަން ކަށަވަރެވެ.