ޖޭއެސްއީގެ މެމްބަރ އަޙްމަދު ޙަމްޒާއަށް މަރްޙަބާ

ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އައްޔަން ކުރާ މެމްބަރަކަށް ބިލެތްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަލްއުސްތާޛް އަޙްމަދު ހަމްޒާ ހޮވުމާއިއެކު މިޕާޓީގެ ފަރާތުން އެމަނިކުފާނަށް މަރްޙަބާ ދަންނަވަމެވެ.

ޖޭއެސްސީގެ މެމްބަރ ކަމަށް އަޙްމަދު ހަމްޒާ ހޮވުނު ކަމީ އެމްޑީޕީއިން ރާއްޖޭގެ ޖުޑިޝަރީ އިސްލާޙު ކުރުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށްވެސް ބޮޑު ހިއްވަރެއްކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ.

އަދި މިއަދުގެ މަޖިލީހުގައި ހަމްޒާއަށް ވޯޓު ދެއްވި އެއްމެހާ މެމްބަރުންނަށް ވަރަށް އިޙްލާސް ތެރި ޝުކުރު ދަންނަވަމެވެ.