އެމްޑީޕީ ދާއިރާތަކުގެ އިންތިޚާބުގެ ކެންޑިޑޭޓުންނަށް ބާއްވާ ބައްދަލުވުމެއް މިރޭ ހަރުގޭގައި އޮންނާނެ

13 ސެޕްޓެމްބަރ 2010

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 2010 ގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބާއްވާ ވަރަށް ޚާއްސަ ބައްދަލުވުމުއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
މި ބައްދަލުވުމަކީ އެސްއެމްއެސް މެދުވެރިކޮށް ވޯޓުލާނެ ގޮތާއި، އެސް އެމްއެސް މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓްރީކުރާނޭ ގޮތް ކެންޑިޑޭޓުންނަށް އޮޅުން ފިލުވައިދިނުމަށް ބާއްވާ ބައްދަލުވުމެއް ކަމަށް އެމްޑީޕީން ބުނެއެވެ.
މިރޭ (13 ސެޕްޓެމްބަރ 2010 ވާ ހޯމަ ދުވަހުގެރޭ ) 9 ޖަހާއިރު އޮންނަ މި ބައްދަލުވުމަށް ވަޑައިނުގެންނެވޭ ކެންޑިޑޭޓުން ބަދަލުގައި މަންދޫބަކު ފޮނުވުމަށް އެމްޑީޕީން ވަނީ އެދިފައެވެ.