ދިއްދޫގައި “އެއްބުރުން” ކެމްޕެއިން ފޯރީގައި

ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ އެއްބުރުން ކެމްޕެއިން ހަރަކާތްތައް ހއ. ދިއްދޫގައި މިއަދު ވެސް ފޯރީގައި ކުރިއަށްދާ ކަމުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެމްބަރ އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.

މިގޮތުން މިއަދު ހަވީރު 4 ފެށިގެން ދިއްދޫ ދެކުނު ސްޓޭޖް ސަރަހައްދުގައި އާއިލީ ހަވީރު ފެށިގެން މިހާރު ކުރިއަށް އެބަދާ ކަމަށާއި، ފާއިތުވި 3 ދުވަހުވެސް ދިއްދޫގައި ވަނީ ކެމްޕެއިން ހަރަކާތްތައް އާ ފޯރީގައި ފަށާ، ރައީސް ނަޝީދަށް ތާޢީދު އިތުރުކުރުމަށް ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތާއި، ކަންމަތީ ބައްދަލުވުންތައް ބާއްވާފައި ކަމުގައި ސަމީރު ވިދާޅުވިއެވެ. އަދި ރޭ(16 އޮކްޓޯބަރ 2013) 8:45ގައި ދިއްދޫ ތިންބާރު ވަކިކުރާ ސަރަހައްދުގަ ކެމްޕެއިން ގެ އާއްމު ބައްދަލު ވުމެއްވެސް ވަނީ ބާއްވާފަކަމުގައި ސަމީރު ވިދާޅުވިއެވެ.

ދިއްދޫގެ އެމްޑީޕީގެ އާ ހަރުގެއެއް އެޅުމުގެ މަސައްކަތްކަތް ފެށިގެން ކުރިއަށްދާ ކަމާއި މި ހަރުގެ އަކީ ދިއްދޫ ތިންބާރު ވަކިކުރާ ސަރަހައްދުގައި އަޅާ 2ބުރީގެ ހަރުގެއެއްކަމުގައިވެސް ސަމީރު ވިދާޅުވިއެވެ.

ދިއްދޫގައި ވޯޓް ލުމުގެ އުމުރު ހަމަވާ އެއްމެންގެ މައުލޫމާތު ވަކިވަކިން ޗެކްކޮށް ނިންމައި ރީ-ރެޖިސްޓްރޭޝަންގެ މައްސަލަ ހުރި ފަރާތްތަކުގެ މައްސަލަތައް ވަނީ އިލެކްޝަންސް ކޮމިޝަނަށް ހަށަހަޅާފައެވެ. އަދި ވޯޓުލާ ދުވަހުގެ މަސައްކަތަށް ތައްޔާރު ވުމުގެ ގޮތުން މަސައްކަތް ކުރިއަށް ގެންދިއުމަށް ގްރޫޕްތައް ނަގާ މަސައްކަތްތައް ވަނީ ގްރޫޕްތަކާއި ހަވާލުކޮށްފައިކަމުގައި ސަމީރު ވިދާޅުވިއެވެ.