ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ތާއީދު ކުރާކަން އެމްއެންސީ އަދި ޕީޕަލްސް ޕާޓީއިން ހާމަކޮށްފި

BWxP77CCIAAbgNj

19 އޮކްޓޯބަރ 2013ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ރިޔާސީ ކެންޑިޑޭޓް ރައިސް މުޙައްމަދު ނަޝީދު އަދި އެމްޑީޕީއަށް ތާޢީދު ކުރާކަން މޯލްޑިވްސް ނެޝެނަލް ކޮންގްރެސް (އެމްއެންސީ) އަދި ޕީޕަލްސް ޕާޓީއިން ރަސްމީކޮށް ހާމަކޮށްފިއެވެ.

މިއަދު އެމްޑީޕީގެ ޗެއަރޕާސަން މޫސާ މަނިކުއާއި އެކު އެމްއެންސީގެ ޕްރެޒިޑެންޓް ޢަލީ އަމްޖަދު އަދި ޕީޕަލްސް ޕާޓީގެ ޗެއަރމަން އަޙްމަދު ރިޔާޒު ޕާޓީގެ އެމްޑީޕީގެ މައި އޮފީސް ހ. ޝަރާޝަގައި ބޭއްވި ބައްދަލުވުމުގައި ވިދާޅުވިގޮތުގައި، އެބޭފުޅުން މި ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދު އަދި އެމްޑީޕީއާއި އެކު ތިބިކަމަށާއި، އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމެވީ ރައްޔިތުންގެ ވިންދު އޮތްގޮތަކަށް އެމްއެންސީއިން ތާއީދު ކުރަމުން ދާތީއާއި ދިވެހރައްޔިތުންނާއި އެކު މަސައްކަތް ކުރައްވަން ބޭނުންފުޅުވާތީކަމުގައި އެމްއެންސީއިން ޢަލީ އަމްޖަދު ވިދާޅުވިއެވެ. ދިވެހިރައްޔިތުންނަށް އުފާވެރި ފާގަތި މުސްތަގްބަލެއް ހޯދައިދިނުމުގައި އެމްޑީޕީއިން ކުރާ މަސައްކަތުގައި ބައިވެރިވެ ރައްޔިތުންނަށް މަސައްކަތްކޮށް ދިނުމަށްޓަކައި އެމްޑީޕީއަށް ތާއީދު ކުރައްވަން ނިންމެވީ ކަމުގައިވެސް ޢަލީ އަމްޖަދު ވިދާޅުވިއެވެ.

ޕީޕަލްސަ ޕާޓީއިން އަޙްމަދު ރިޔާޒު ވިދާޅުވީ، އެމްޑީޕީއަށް ތާއިދު ކުރައްވަން ނިންމެވީ، މިހާރު މި ތިއްބެވި ކެންޑިޑޭޓުންގެ ތެރެއިން ރައީސް ނަޝީދަކީ އެންމެ ނިކަމެތި މީހާއިން ފެށިގެންގޮސް އެންމެން ދެކެ ލޯބިވާ ރައްޔިތުންނާ އަޅާލާ، ރައްޔިތުންނަށް ފައިދާ ހުރި ހެޔޮގޮތްތުގައި ކަންތައްތަކެއް ކޮށްދެއްވާނެ ކެންޑިޑޭޓު ކަމުގައި ޤަބޫލު ކުރެއްވޭތީ ކަމަށާއި، މި ޤައުމުގެ ވަރަށް ގިނަ ޒުވާނުންނާއި މުސްކުޅިންނަށް އަޅާނުލާ ދޫކޮށްލާފައި ވަނިކޮށް ރައިސް ނަޝީދު އެއީ ތިބި ބައެއްކަން ދެކެވަޑައިގެން އެމީހުންނާއި އަޅާލައި، ރައްޔިތުންނަށް ބޯހިޔާވަހިކަމަކީ ބޭނުންވާ އެއްޗެއްކަން ދެނެގަނެ އެ ބޯހިޔާވަހިކަން ހޯއްދަވައި ދެއްވުމާއި، ދަތުރުފަތުރު ނިޒާމަކީ ރައްޔިތުންނަށް ބޭނުންވެފައިވާ ނިޒާމެއްކަން ރައީސް ނަޝީދަށް އެނގިވަޑައިގެން އެމަނިކުފާނުން އެ ނިޒާމު ޤާއިމު ކޮށްދެއްވާ، ރައްޔިތުންނަށް ބޭނުންވާ ބޭސްފަރުވާއާއި މިފަދަ އަސާސީ ޙިދްމަތްތައް ރައްޔތުންނަށް ބޭނުންވާކަން އެގިވަޑައިގެން އެމަނިކުފާނުން މަސައްކަތް ކުރައްވާތީއާއި، އަދި މި ޤައުމުގެ އާބާދީގެ ބޮޑުބައެއްގެ ވިސްނުމާއި ވިންދު ހުރީ ރައީސް ނަޝީދާއި އެކުކަމަށާއި، އަދި ރައްޔިތުންގެ ބޮޑު ބައެއް އެމްޑީޕިގެ މެނިފެސްޓޯއަށް ތާއީދު ކުރާތީވެ ރައްޔިތުންނާއި އެކު މަސައްކަތް ކުރުމުގެ ނިޔަތުގައި އެމްޑީޕީއަށް ތާޢީދު ކުރައްވަން ނިންމެވީ ކަމުގައެވެ.

އެމްޑީޕިގެ ޗެއަރޕާސަން ވިދާޅުވީ މިއީ މި ދެޕާޓީއިން ރައީސް ނަޝީދަށާއި އެމްޑީޕިއަށް އެއްވެސް ޝަރުތަކާއި ނުލާ ކުރައްވާ ތާއީދެއް ކަމަށާއި، ވާ ކޯލިޝަންއެއް ނޫން ކަމުގައެވެ. މި ވޭތުވި ދުވަސް ތަކުގައިވެސް އެމްޑީޕީއަށް މި ދެ ޕާޓީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި ތާޢީދު ލިބިފައިވާ ކަމަށެވެ. އަދި މިއަދު ރަސްމީ ސިފައެއްގައި އެބޭފުޅުން އެމްޑީޕީއާއި އެކު ތިއްބެވިކަން ހާމަ ކުރެއްވީ ކަމުގައެވެ.
މި ދެ ޕާޓީގެ ވެރިންނަށާއި، ޕާޓީގެ ކައުންސިލް ތަކުގެ މެމްބަރުންނަށާއި، އަދި ވަކިން ޙާއްސަކޮށް މި ދެ ޕާޓީގައި މިހާރު ތިބި މެމްބަރުންނަށް ވަރަށް އިޙްލާސަތެރިކަމާއިއެކު ޝުކުރުދަންނަވާ ކަމުގައި ޗެއަރޕާސަން ވިދާޅުވިއެވެ.