އެމްޑީޕީގެ “އެއްބުރުން” ޖަލްސާއާއި ޕެރޭޑް އޮންނާނެ

19 އޮކްޓޯބަރ 2013 ގައި އޮންނަ ރިޔާސީ އިންތިޚާބުގެ ވޯޓު ލުމުގެ ކުރިން ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ(އެމްޑީޕީ)އިން “އެއްބުރުން” ޖަލްސާއާއި ޕެރޭޑް ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މާދަމާ ރޭ (17 އޮކްޓޯބަރ 2013 ބުރާސްފަތި) ރާޅުގަނޑު ސަރަހައްދުގައި ބާއްވާ “އެއްބުރުން” ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ 9 ޖަހާއިރުއެވެ. އަދި މި ޖަލްސާއަށް އެމްޑީޕީގެ މެމްބަރުންނާއި ތާޢީދު ކުރައްވާ ހުރިހާފަރާތްތަކަށް ވަނީ ދަޢުވަތު އަރުވާފައެވެ.

އަދި ހުކުރު ދުވަހު (18 އޮކްޓޯބަރ 2013) ހަވީރު 330ގައި އުސްފަސްގަނޑުން ފެށޭ “އެއްބުރުން” ޕެރޭޑްގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުން އެދެމެވެ.